ރޭގެ މެޗްގައި ތަރިއަކަށްވި ފޯޑަން.. ފޮޓޯ: ގެޓީ އިމޭޖް
ކުޅިވަރު
06 Nov 2025 | 08:22
ފޯޑަންގެ ލަނޑުތަކާއެކު ސިޓީން ޑޯޓްމަންޑް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޑޯޓްމުންޑުގެ މައްޗަށް އެޓީމް ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ސިޓީގެ ތަރިއަކަށްވީ ފޯޑަން އެވެ. މެޗްގައި އޭނާ ވަނީ ދެ ލަނޑު ޖަހާ ފޯމްގައި ހުރިކަން ދައްކުވައިދީފައެވެ. 

މެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ފޯޑަން ޖަހާފައިވަނީ 22 ވަނަ މިނެޓް ތެރޭގައެވެ. ފޯޑަން ލަނޑެއް ޖަހައި ސިޓީއަށް ލީޑް ނަގައިދީފައިވަނިކޮށް އޭގެ 6 މިނެޓް ފަހުން ހާލާންޑް ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ލީޑް ފުޅާކޮށްދީފައެވެ. މެޗްގައި ފޯޑަން ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގެ ކުރީކޮޅުގައެވެ.

ފޯޑަން ލަނޑެއް ޖަހައި ތަފާތުބޮޑުކޮށްފައިވަނިކޮށް ޑޯޓްމުންޑުގެ އަންޓޮން ވަނީ 72 ވަނަ މިނެޓް ތެރޭގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. މެޗްގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޔާން ޗަރކީ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ފޯޑަންގެ އެނބުރިއައުން ފާހަގަކޮށް ވާހަކަދައްކާފައެވެ. 

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިޓެޑާ، ސްޕެއިންގެ އެތްލެޓިކް ކްލަބް ބައްދަލުކުރިމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.