ރައީސް ޑރ.މުއިއްޒު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Nov 2025 | 11:00
ކުރީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދޫކުރަން ފަށައިފި

ކުރީ ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް މަސައްކަތްކުރުވުމަށްފަހު ނުދީ ހުރި ފައިސާ މި ސަރުކާރުން ދޫކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޫނުކޮށް ހުރި ފައިސާ މި ސަރުކާރުން ދޭން ފަށާފައިވާކަމަށެވެ. އެގޮތުން ކުންފުނިތަކަށް ފައިސާ ދިނުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަން ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަސައްކަތްކުރުވުމަށްފަހު އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދޫކުރަން ފަށާފައިވާއިރު، ކޮންމެ ދުވަހަކުހެން އެފަދަ ބިލްތަކަށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާަނެ ކަމަށެވެ.

ފައިސާ ލިބެން ޖެހިފައި ތިބި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ފެނިގެންދާނެ. ޖަމާވީމަ ފެންނާނެ. އެ ދަނީ ފައިސާ އިއްޔެއިން ފެށިގެން ޖަމާކުރަމުން އެހެންވީމާ މި މަސް ނިމޭއިރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ މި ގޮތަށް ދޭން ހުރިހާ ފައިސާއަށް ދީ ނިންމުން

ރައީސް ވިދާޅުވިއެވެ

މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުނުކޮށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރާ މައްސަލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އަމިއްލަ ގިނަ ކުންފުނިތަކަކާ ހަވާލުކުރެވިގެންދާތަން ފެނިގެންދާއިރު، އެކަމުގެ ސަބަބުން ވަރަށްގިނަ ފައިދާތައް ކުރިއަށްއޮތްތަނުގައި ފެނިގެންދާނެ ކަމަށެވެ. 

އެގޮތުން ސަރުކާރު ހިއްސާވާ އަދި ސީދާ ސަރުކާރުެގ ކުންފުނިތަކާ މަސައްކަތް ހަވާލުކުރާ ބީދައިން ކުރިއަށް އޮތްތަނުގައި އަމިއްލަ ކުންފުނިތަކާވެސް މަޝްރޫޢުތައް ހަވާލުކުރެވި އޭގެ މަންފާ ފެނިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.