މެޗަށްފަހު މެކަބީ ކުޅުންތެރިއަކު ރޮނީ... ފޮޓޯ: އޭއެފްޕީ
ކުޅިވަރު
07 Nov 2025 | 09:48
އެސްޓަން ވިލާއިން އިސްރާއީލްގެ މެކަބީ ތެލްއަވީވް ބަލިކޮށްފި

ޔުއެފާ ޔޫރޮޕާ ލީގްގައި ރޭ އިނގިރޭސިވިލާތުގެ އެސްޓަންވިލާއިން ފަސޭހަކަމާއެކު އިސްރާއީލްގެ މެކަބީ ތެލްއަވީވް ބަލިކޮށްފިއެވެ.

އެސްޓަން ވިލާގެ ދަނޑު ވިލާ ޕާކްގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 0-2 ނަތީޖާއަކުންނެވެ. މެޗްގައި އެސްޓަން ވިލާއަށް ގޯލް ހުޅުވާލަދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓްސެންއެވެ. ވިލާގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން 59 ވަނަ މިނެޓް ތެރޭގައި މަލެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ވިލާއެވެ. އެޓީމުން މެކަބީގެ ކޮޅަށް 8 ހަމަލާ ފޮނުވާލިއިރު އިސްރާއީލްގެ ޓީމުން ވަނީ މެޗްގައި ގިނަ ފައުލްތަކެއް ކޮށްފައެވެ.

މިމެޗް ކުރިއަށްގެންގޮސްފައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށެވެ. އެހެންކަމުން މިމެޗްގައި ތެލްއަވީވްގެ ވަރަށް މަދު ސަޕޯޓަރަކަށް ނޫނީ ދަނޑަށް ވަދެވިފައެއް ނުވެއެވެ.

އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަނީ،... ފޮޓޯ: ބީބީސީ

މެޗް ހިނގަމުންދިޔައިރުވެސް ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ މުޒާހަރާކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ އަޑަކަށް ވެފައިއޮތީ އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ޖަރީމާތަކެވެ. 

މިމެޗްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 700 އަށްވުރެ ގިނަ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ޓްރެއިންކޮށްފައިވާ ކުއްތާ އަދި ދްރޯންފަދަ ވަސީލަތްތައްވެސް ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބޭނުންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް