ސިވިލްކޯޓު ހުންނަ އިމާރާތް..
ހަބަރު
07 Nov 2025 | 15:45
އަނބިމީހާއަށް އޮޅުވާލައި ބޮޑު ދަރަންޏެއް؛ އެނގުނީ ކޯޓުން އަމުރުއައި ހިސާބުން

ދިވެއްސަކު އޭނާގެ އަނބި މީހާއަށް އޮޅުވާލައިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި މައި ހިއްސާދާރުގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން ގެންގުޅެފިއެވެ.

އަނބިމީހާއަށް އޭނާއަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އަދި މައި ހިއްސާދާރެއްކަން އެނގުނީ ދަރަނީގެ މައްސަލައެއްގައި ކޯޓުން ދާންޖެހި ޝަރީއަތުގައި ކުރިއަށްދިޔަ މުއާމަލާތްތަކަށްފަހުއެވެ. މިކަމެއް ޖެހުނީ ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ މި ކުންފުނިން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ދައްކަންޖެހޭ ފައިސާގެ މައްސަލައެއް އެ އޮތޯރިޓީން ސިވިިލްކޯޓަށް ހުށަހެޅުމުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާގޮތުން 2008 ވަނަ އަހަރު އުފެއްދި މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ މިބުނާ އަނބިމީހާއެވެ. ބޯޑް ޑިރެކްޓަރުންގެ ގޮތުގައި ހިމެނެނީ އަނބިމީހާ އާއެކު ފިރިމީހާއެވެ. 

ސިވިލްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަނބިމީހާ ބުނެފައިވަނީ، ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މައި ހިއްސާދާރަކީ 2018 އަހަރާ ހަމަޔަށް އޭނާގެ ފިރިމީހާ ކަމަށާއި، ކުންފުނީގެ އެމްޑީކަމުގެ މަގާމާއި މައި ހިއްސާދާރުގެ ގޮތުގައި އޭނާ އިންނަކަން އެނގުނީ މައްސަލައިގެ އަމުރުތައް ލިބުމުންކަމަށެވެ. އަނބިމީހާ ބުނެފައިވަނީ ކުންފުނީގައި އެއްވެސް ފައިސާއެއް އަދި މުދަލެއް ހުންނަ ކަމެއްވެސް ނޭނގޭކަމަށާއި، ދަރިން ކައިރި އެހުމުންވެސް އެ ކުދިންނަށްވެސް ނޭނގޭކަމަށެވެ.

ކޯޓުން ވަނީ ބީއެމްސީން މީރާއަށް ދައްކަންޖެހޭ 9 ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ. ދަރަނީގެ މައްސަލާގައި އަނބިމީހާ ބުނެފައިވަނީ އެ ފައިސާ މީރާއަށް ދެއްކޭނެ ތަނަވަސްކަމެއް ނެތްކަމަށެވެ.

ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަކީ މީގެ ކުރިން 2013 ވަނަ އަހަރު އެކުންފުނީގެ ވާހަކަ މީޑިއާގައި ފެތުރުނު ކުންފުންޏެކެވެ. އެގޮތުން އައްޑޫ މުލިކެޑެ ފަރަށް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެރި ތައިލެންޑްގެ މަސްބޯޓެއް ފަރަށްއެރި މައްސަލާގައި ބޮޑު އަދަދަކުން ބޯޓު ޖޫރިމަނާކުރިއިރު، އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އުޅުނީ ބީއެމްސީއެވެ. ބޯޓު ފުންކުރި މަސައްކަތް ކުރިގޮތުން އީޕީއޭއިން އެ ކުންފުނި ޖޫރިމަނާކުރިކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.