ކިއުބާގެ އަވަށެއް...
ދުނިޔެ
08 Nov 2025 | 17:05
އިންޑިއާއިން ޖަމައިކާ އަދި ކިއުބާއަށް އެހީ ފޮނުވައިފި

ތޫފާން މެލީސާގެ ސަބަބުން ކެރީބިއަން ސަރަހައްދުގެ ޤައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް، އިންޑިއާއިން ކިއުބާއަށާއި ޖަމައިކާއަށް އެހީގެ ތަކެތި ފޮނުވައިފިއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ބުނީ 20 ޓަނުގެ އިންސާނީ އެހީ ހިފައިގެން އިންޑިއާގެ ވައިގެ ސިފައިންގެ ފްލައިޓެއް އަންގާރަ ދުވަހު ފުރާފައިވާކަމަށެވެ. އިންޑިއާއިން ފޮނުވި އެހީގެ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ބޭހުގެ އިތުރުން ކަރަންޓް ކަނޑައިގެން ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޖެނެރޭޓަރުތަކެއްވެސް ހިމެނެއެވެ. ތޫފާނުގެ ސަބަބުން ޖަމައިކާގެ ބޮޑު ބަޔަކުން ނިމުނު ހަފްތާގައި ކަރަންޓު ކެނޑުނެވެ.

ތޫފާން މެލީސާގެ ސަބަބުން ކެރީބިއަން ސަރަހައްދުން 75 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި ޖަމައިކާގައި އެކަނިވެސް 1.5 މިލިއަން މީހުންނަށް ތޫފާނުގެ ސަބަބުން އަސަރުކޮށްފައިވެއެވެ. ކާބޯތަކެއްޗަށް ބޭނުންވެފައިތިބި 36 ހާސް މީހުން އެގައުމުގައި އެބަތިބިކަމަށް އދއިން މިދިޔަ ހަފްތާގައި ބުންޏެވެ.

މިއީ މިހާތަނަށް ޖަމައިކާއަށް އެރި އެންމެ ވަރުގަދަ ތޫފާންކަމަށް މީޑިއާ ރޕޯޓްތައް ބުނެއެވެ.

ރެޑް ކްރޮސްއިން ބުނާ ގޮތުގައި ކިއުބާގައި ތޫފާނުގެ އަސަރުކުރި މީހުންގެ އަދަދު 2.2 މިލިއަނަށް އަރައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.