އެންގޯލާ އަދި އިންޑިއާގެ ވެރިން... ފޮޓޯ: ނިއުސް އޮންއެއާ
ދުނިޔެ
09 Nov 2025 | 17:40
އެންގޯލާގެ އަސްކަރިއްޔާ ތަރައްޤީކުރަން އިންޑިއާއިން އެހީވަނީ

ހުޅަނގު އެފްރިކާގެ އެންގޯލާގެ އަސްކަރިއްޔާ މިޒަމާނާ އެއްފެންވަރަށް ތަރައްޤީކުރުމަށް އިންޑިއާއިން 200 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދޭން ނިންމައިފިއެވެ.

އިންޑިއާއިން މި އެހީ އިއުލާންކުރީ އެންގޯލާގެ ރައީސް މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ދެ ޤައުމުގެ ވެރިންގެ މަޝްވަރާތަކަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ޓެރަރިޒަމަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވެފައިވާ ގޮންޖެހުމެއްކަމަށާއި، ޓެރަރިޒަމާއި ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގައި އެންގޯލާއިން އިންޑިއާއާއެކު އޮންނާނެކަން ހާމަކޮށްފައިވާތީ އެކަމަށް ޝުކުރު ދަންނަވާކަމަށެވެ.

އަދި އެފްރިކަން ޔޫނިއަންގެ ރިޔާސަތާއި އެންގޯލާއިން ހަވާލުވުމުން، އެކަމަށްވެސް މޯދީ މަރުޙަވާ ވިދާޅުވިއެވެ. އަދި އެފްރިކަން ޔޫނިއަންއަށް ޖީ-20 ގެ މެމްބަރުކަން ލިބުނީ އިންޑިއާއިން ޖީ-20ގެ ރިޔާސަތު ބެލެހެއްޓިއިރުކަން މޯދީ ފާހަގަކުރެއްވިއެވެ.

އެންގޯލާގެ އަސްކަރިއްޔާ ޒަމާނީކޮށް ތަރައްޤީކުރުމަށް އިންޑިއާއިން ދިން ލައިން އޮފް ކްރެޑިޓްގެ ދަށުން އެންގޯލާއިން ހަތިޔާރު ގަންނާނީ އިންޑިއާއިންކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއިން ބުންޏެވެ. އެގޮތުން މިހާރުވެސް އިންޑިއާގެ އަމިއްލަ އަދި ސަރުކާރުގެ ދިފާޢީ ކުންފުނިތަކާއެކު ހަތިޔާރާއި ތަކެތި ގަތުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް އިންޑިއާއިން ބުންޏެވެ.

އަސްކަރީ އެހީތެރިކަމުގެ އިތުރުން އެހެނިހެން ބައެއް ދާއިރާތަކުންވެސް ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކުގައި ދެޤައުމުން ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.