ގޯލްޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ސިޓީ
ކުޅިވަރު
10 Nov 2025 | 08:40
ލިވަޕޫލް ބަލިކޮށް މެންޗެސްޓަރސިޓީ ތާވަލްގެ ދެވަނައަށް ޖެހިލައިފި

އިނގިރޭސިޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރިމެޗް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ލިވަޕޫލްގެ މައްޗަށް އެޓީމް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗް ފަށައިގެން އެންމެފުރަތަމަ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބުނީ ސިޓީގެ ފޯވަޑް ހާލާންޑަށެވެ. އެއީ ޖެރަމީ ޑޮކޫއަށް ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ލިބުނު ޕެނަލްޓީއެވެ. ނަމަވެސް ހާލާންޑް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރުވަނީ މަތަކޮށްފައެވެ.

ޕެނަލްޓީ ނާކާމިޔާބުވިނަމަވެސް ހާލާންޑް ވަނީ 29 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި ސިޓީއަށް ލީޑް ނަގައިދީފައެވެ. މެޗްގައި ފެނިގެންދިޔަ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒަލެޒް އެވެ. އަދި ސިޓީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޑޮކޫއެވެ. 

މެޗްގައި ލިވަޕޫލްގެ ވެންޑައިކް ލަނޑެއް ޖެހިނަމަވެސް ރިޕްލޭ ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މެޗްގައި ލިވަޕޫލަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ.

ރޭގެ މެޗަކީ މެންޗެސްޓަރ ސިޓީގެ ކޯޗް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެޓީމް ކުޅުނު 1000 ވަނަ މެޗެވެ.

ޕްރިމިއާށ ލީގް ތާވަލް

ރޭގެ މެޗަށްފަހު 22 ޕޮއިންޓާއެކު ސިޓީ ތާވަލްގެ ދެވަނާގައި އުޅޭއިރު ލިވަޕޫލް ވަނީ 8 ވަނައަށް ވެއްޓިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.