ދަރުމެންދުރަ.. ފޮޓޯ: ވިއޯން
ލައިފްސްޓައިލް
24 Nov 2025 | 14:50
މަޝްހޫރު އެކްޓަރު ދަރުމެންދުރަ، އުމުރުން 89 އަހަރުގައި މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އަދި ލެޖެންޑަރީ އެކްޓަރު ދަރުމެންދުރަ (ދަރޭ) ފަރުވާދެމުން ދަނިކޮށް އުމުރުން 89 އަހަަރުގައި މަރުވެއްޖެއެވެ.

ދަރޭ މަރުވެފައިވަނީ ސިއްހީ ހާލަތު ގޯސްވެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. މީގެ ދުވަސްކޮޅެއްކުރިން ނޭވާލުމުގެ ނިޒާމަށް ކުރިމަތިވި މައްސަލަތަކާހެދި ދަރޭ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ދަރޭގެ މަރާ ގުޅިގެން އިންޑިއާގެ ފިލްމީ އިންޑަސްޓްރީގެ އެކި ފަރާތްތަކާއި އޭނާގެ ފޭނުން އަންނަނީ ހިތާމަފަޅުކުރަމުންނެވެ. ދަރޭގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިފަކުރައްވާފައިވަނީ މިއީ އިންޑިއާ ސިނަމާގެ ޒަމާނެއް ނިމިދިއުންކަމަށެވެ. ދަރޭއަކީ އޭނާ ކުޅުނު ރޯލްތަކުގައި ނަމޫނާ އެކްޓިންއެއް ދައްކުވައިދިން އާދަޔާހިލާފް ސަހްސިއްޔަތެއްކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

ހިންދީ ސިނަމާގައި ދަރޭ އެންމެބޮޑަށް މަޝްހޫރުވެގެން ދިޔައީ ޝޯލޭ ފަދަ ފިލްމުތަކުންނެވެ. ދަރޭއަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލް އެކްޓަރެކެވެ.

ފިލްމުގެ މަސައްކަތްތަކުން މުޅިން އެއްފަރާތް ނުވިނަމަވެސް ދަރޭ މިހާތަނަށް ގެންދިޔައީ އެ ދާއިރާގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަމުންނެވެ. ފިލްމީ ދައިރާއިން އެއްފަރާތް ވެލުމަށްފަހު ދަރޭގެ ހުރިހާ ވަގުތެއް ހޭދަކުރަމުން އައިސްފައިވަނީ އޭނާގެ ދަނޑުތަކުގައެވެ. ދަރޭއަކީ ދަނޑުވެރިކަމަށް ވަރަށް ޝައުގުވެރިވި މީހެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.