ތައިބާ މިސްކިތަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ
ހަބަރު
11 Nov 2025 | 11:53
ޠަޢިބާ މިސްކިތަށް ގެއްލުންދިން މީހާ ފުލުހުން ހައްޔަރުކޮށްފި

މިއަދު ހެނދުނު ޠަޢިބާ މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮުތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިސްކިތުގެ ގޯތިތެރޭގައި އޭނާ ހުއްޓައެވެ. މަންޒަރުދުށް ބައެއް މީހުން ބުނީ މި ހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު 06:45 ހާއިރުކަމަށެވެ. ތައިބާ މިސްކިތަށް ގެއްލުންދިން މީހާ ވަނީ ޕޭމަންޓް ގާބުރިއެއް އެއްލައި މިސްކިތުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

ޕޭމަންޓް ގާ އެއްލުމުގެ ސަބަބުން ކޮޑަދޮރު ތަޅައިގެންގޮސް މިސްކިތު ނަމާދުކުރާ ތަނަށް ވަނީ ބިއްލޫރިތައް އެޅިފައެވެ.

ބިއްލޫރިތައް މިސްކިތު ނަމާދުކުރާ ތަނަށް އެޅިފައި... ފޮޓޯ: ސޯޝަލް މީޑިއާ

ތައިބާ މިސްކިތުގެ ކޮޑަދޮރުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ފުރުގާން މިސްކިތުގެ ކުޑަދޮރެއްވެސް ތަޅާލާފައެވެ. އެ ހާދިސާ ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާގައިވެސް ކުޑަދޮރު ތަޅާލާފައިވަނީ ޕޭމަންޓް ގަލެއް އެއްލައިގެންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގެ މުސްހަފްތަކާއި ގޮނޑިތަކަކަށްވެސް އިއްޔެ ވަނީ ގެއްލުންތަކެއްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.