ކުރީގެ ހާރިޖީވަޒީރު ޝާހިދު
ހަބަރު
11 Nov 2025 | 14:40
ފުވައްމުލަކު ފެނުގެ މައްސަލާގައި ޝާހިދަށް ގޯސްވީ ސަރުކާރު

ފުވައްމުލަކަށް ދިމާވި ފެނުގެ ހާދިސާގައި ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ފުވައްމުލައް ފެނުގެ ނެޓްވޯކަށް ބައެއް ފަރާތްތަކުން ކްރޮސް ކަނެކްޝަން ހަދާފައިވުމުގެ ސަބަބުން އެންމެފަހުން ސަޕްލައި ފެން ތަޣައްޔަރުވުމުން ފެނަކައިން ވަނީ ފެނުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ހާރިޖީ ވަޒީރު ޝާހިދު އެކްސްގައި ވިދާޅުވީ، ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއްވީއިރުވެސް، އެމައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް އެކަމަށް އިޖާބަދެވިފައި ނުވާކަމަށެވެ.

ޝާހިދު ވިދާޅުވީ ފުވައްމުލަކުުގެ ގޭބިސީ ތަކުގައި ދިރިއުޅޭ ރައްޔިތުން އެވަނީ އަަސާސީ ޙައްޤަކުން މަހުރޫމު ކުރެވިފައި ކަމަށާއި، ރައްޔިތުގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމާއި، ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު މިވަނީ ފެއިލް ވެފައިކަމަށެވެ.

އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ. 

ފުވައްމުލަކު ފެނުގެ ނިޒާމުގެ މައްސަލަ ގޯސްވެފައިވާއިރު، އެރަށު ކައުންސިލުން ބުނެފައިވަނީ ފެނުގެ ހިދުމަތް އަލުން ދިނުމަށް 2 ދުވަސް ނަގާނޭކަމަށެވެ.  ފުވައްމުލަކަށް ފެނުގެ މައްސަލަ ދިމާވުމުން ސަރުކާރުން ވަނީ އާއްމުނަށް ސާފް ބޯފެން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް މެދުވެރިކޮށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ