މީގެ ކުރިން ހިންގި ސްކީމެއް...
ހަބަރު
11 Nov 2025 | 22:01
ލައިސަންސް ނުނަގައި އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް ސީއެމްޑީއޭއިން އަނެއްކާވެސް އިލްތިމާސްކޮށްފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ހުއްދަނެތި އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޤާނޫނީ ހުއްދަނެތް ބައެއް ފަރާތްތަކުން އެކި ބާވަތްތަކުގެ ސެކިއުރެޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ހިދުމަތާއި އެ ހިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އިންވެސްޓްކުރުމުގެ ފުރުސަތު އާއްމުނަށް ހުށަހަޅަމުންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ސީއެމްޑީއޭއިން ބުނީ އިންވެސްޓްމަންޓް ފަންޑް ހިންގުމާއި އިންވެސްޓްކުރުމަށް ލަފާދިނުމާއި މަންޑް މެނޭޖްކުރުންފަދަ ހިދުމަތްތައް ދިނުމަކީ އެ އިދާރާއިން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ލައިސަންސް ނެތި ކޮންމެ ފަރާތަކުންވެސް ބައިވެރިވެވޭގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެބާވަތުގެ ކަންކަން ނުކުރުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިންވެސްޓްކުރަން ލިބޭ ހުށަހެޅުންތައް ބަލައި އެފަރާތަކީ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްފަހު ނޫނީ އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެދެމުން ސީއެމްޑީއޭއިން ވަނީ، ލައިސަންސް ނެތި އެފަދަ ކަމެއް ކުރާކަން އެނގޭނަމަ އެފަދަ މައުލޫމާތެއް އެ އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ.

ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑްތަކުގެ މައުލޫމާތާއި، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް އެ އޮތޯރިތީގެ ވެބްސައިޓުން  ފެންނަން ހުންނާނޭކަމަށްވެސް ސީއެމްޑީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ