ބޮޑުވަޒީރު މޯދީ.. ފޮޓޯ: އެންޑީޓީވީ
ދުނިޔެ
12 Nov 2025 | 09:44
ހަމަލާގެ ފަހަތުގައިވާ އެކަކުވެސް ސަލާމަތެއް ނުވާނެ: މޯދީ

ހޯމަ ދުވަހު އިރު އޮއްސުނު ވަގުތު އިންޑިއާގެ ވެރިރަށް ދިއްލީގައި ކާރެއް ގޮއްވާލުމުގައި ފަހަތުގައިވާ އެކަކުވެސް ސަލާމަތް ނުވާނެ ކަމަށާއި، އިންސާފު އަރާ ހަމަކުރާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޒާރު ދެއްވައިފިއެވެ.

މި ހާދިސާގައި 8 މީހަކު މަރުވިއެވެ. މިއީ ގަސްތުގައި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއް ނަމަ، މިއީ ގިނަ އަހަރުތަކަކަށްފަހު އިންޑިއާގެ މައި ސިޓީއެއްގައި ދިން މިފަދަ ނުރައްކާތެރި ފުރަތަމަ ހަމަލާއެވެ. އިންޑިއާގެ ސަރަހައްދީ އިމުގެ ކައިރީގައި ހަމަލާތައް ދިނުން އާއްމުނަމަވެސް، އިންޑިއާގެ ބޮޑެތި ސިޓީތަކުގައި މިފަދަ ހަމަލާތައް ދެނީ ވަރަށް މަދުންނެވެ.

ބޫޓާނުގައި ރަސްމީ ދަތުރުފުޅެއްގައި ހުންނެވިނަމަވެސް މޯދީ ގެންދަވަނީ ސަލާމަތީ އިދާރާތައް މެދުވެރިކޮށް މި ހާދިސާގެ މައުލޫމާތު ސާފުކުރައްވަމުންނެވެ. މި ޙާދިސާ ތަހުގީގުކުރަނީ ދިއްލީ ފުލުހުންގެ ބަދަލުގައި، ކައުންޓަރ ޓެރިރިޒަންގެ ޤާނޫނުގެ ދަށުން އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެން.އައި.އޭ) އިންނެވެ. އިންޑިއާގައި ދޭ ޓެރަރިޒަމްގެ ހަމަލާތައް ތަހުގީގުކުރާ މައި އިދާރާ އަކީ އެން.އައި.އޭ އެވެ.

ހަމަލާގެ ފަހަތުގައި ބޭރުގެ އަތެއްވާކަން ސާބިތުވެއްޖެނަމަ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް އެކަމުގެ ލޮޅުންތައް އަރާނެކަމަށް ތަޖުރިބާކާރުން އަންދާޒާކުރެއެވެ. އެންމެ ފަހުން ކަޝްމީރުގައި ދިން ހަމަލާއަށްފަހު އިންޑިއާއިން ބުނީ ބޭރުގެ ޤައުމަކުން އެހީތެރިވެގެން އިންޑިއާގެ ފަސްގަނޑުގައި އިތުރު ޓެރަރިސްޓް ހަމަލާއެއް ދޭ ބަޔަކު އެއިއުލާންކުރަނީ ހަނގުރާމަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.