ވަން ޑިގްރީ ސައުތުން އުފައްދާ 'ވަން' ބްރޭންޑުގެ ފެންފުޅިތަކެއް
ހަބަރު
12 Nov 2025 | 14:20
އޯޑީއެސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް 'އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ' ޕްރޮގުރާމެއް ފަށައިފި

ހުސް ޕުލާސްޓިކު ފުޅި ގަންނަން ފަށައި, އޯޑީއެސް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި ފުރަތަމަ ފަހަރަށް 'އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ' (އީޕީއާރު) ޕްރޮގުރާމެއް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އޯޑީއެސްއިން ބުނީ މި ޕްރޮގުރާމުގެ ދަށުން އަނބުރާ ގަންނާނީ އައްޑޫގައި ހުންނަ އެކުންފުނީގެ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ އިން އުފައްދާ 'ވަން' ބްރޭންޑްގެ ޕީއީޓީ ހުސް ފުޅިތަކެވެ. މި ފުޅިތައް ގަންނަން ހަމަޖެހިފައިވަނީ ފުޅިއަކަށް 33 ލާރީގެ މަގުން ނުވަތަ ފައިސާގެ ބަދަލުގައި ފަހުން ކުންފުނިން ތަކެތި ގަތުމަށް ގްރީން ޕޮއިންޓް ލިބޭގޮތަށެވެ.

އޯޑީއެސްއިން ބަލައިގަންނާނީ ހުސް, ސާފު އަދި ހަލާކުނުވާ ފުޅިތައް އެކަންޏެވެ. އަދި ފުޅީގެ ލޭބަލާއި މަތިގަނޑު އަދި ނެކް ރިންގް ވެސް ހުންނަން ޖެހޭނެއެވެ. ފެން ނޫން އެހެން އެއްވެސް އެއްޗެއް އެޅުމަށް ބޭނުންކޮށްފައިވާ ފުޅި މި ޕްރޮގުރާމްގެ ދަށުން ބަލައިނުގަންނާނޭކަމަށް އެކުންފުނިން ބުނެއެވެ.

އޯޑީއެސްގެ އީޕީއާރު ޕްރޮގުރާމް ފަށައިގަންނަ އިރު ފުޅި ބަލައިގަންނާނީ ހަމައެކަނި ހިތަދޫގައި ހުންނަ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީއިންނެވެ. ނަމަވެސް ޕްރޮގުރާމު ކުރިއަށްދާ ވަރަކުން ރާއްޖޭގެ އެހެން ރަށްތަކާއި ސިޓީތަކުންވެސް ފުޅި ބަލައިގަންނަ ސެންޓަރުތައް ކަނޑައެޅިގެންދާނޭކަމަށް ބުނެއެވެ.

 ވަން ޑިގްރީ ސައުތުން އުފައްދާ 'ވަން' ބްރޭންޑުގެ ފެންފުޅިތަކެއް

2017 ވަނަ އަހަރު ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ ހުޅުވިއިރު އެކުންފުނީގެ ވިޔަފާރި ފެށުނީ އެއްފަހަރަށްވުރެ ގިނައިން ބޭނުންކުރެވޭ 18.9 ލީޓަރުގެ ފެންފުޅިތަކުންނެވެ. މިއީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ޕުލާސްޓިކު ކުނި މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެގޮތުން މިހާރު ފެށުނު އީޕީއާރު ޕްރޮގުރާމަކީވެސް އިޖުތިމާއީ ވިސްނުމާއި ތިމާވެއްޓާއި ވަށާޖެހޭ އިގުތިޞާދީ ލަނޑުދަނޑިތަކާ އެއްގޮތްވާގޮތުގެ މަތިން ފެށިގެންދާ ޕްރޮގުރާމެއްކަމަށް އޯޑީއެސްއިން ބުނެއެވެ.

އޯޑީއެސްއިން ބުނީ އެކުންފުނީގެ އުއްމީދަކީ މި ޕްރޮގުރާމްގެ ޒަރީއާއިން ތިމާވެއްޓަށް ޒިންމާވުމުގެ މިސާލު ނެގޭ ކުންފުންޏަކަށް ވުންކަމަށާއި، ކުންފުނީގެ ހުރިހާ އުފެއްދުންތަކާއި ދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުކޮށް, ތިމާވެއްޓާއި ރައްޓެހި, ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.