ފުލުހުންގެ ލޯންޗެއް އޮޕަރޭޝަނެއްގައި ރަށަކަށް ދަނީ.. ފޮޓޯ: ވޮއިސް
ހަބަރު
12 Nov 2025 | 16:30
އުތުރުގައި ހިންގި އޮޕަރޭޝަންތަކުން ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު: ޕޮލިސް

އުތުރުގެ އަތޮޅުތަކުގައި ހިންގި އޮޕަރޭޝަންތަކުން މިއަހަރުގެ މިހާތަނަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އަޕާ ނޯތު ޕޮލިސް ރީޖަންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރަމުން ކޮމާންޑަރ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް އުތުރުގައި ފުލުހުން 194 އޮޕަރޭޝަން ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި 169 މީހަކު ހައްޔަރުކުރިއިރު، 784.39 ގްރާމް މަސްތުވާތަކެތި އަތުލައިގަނެވުނުކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.

ކޮމާންޑަރު ވަނީ މަސްތުވާތަކެތީގެ އިތުރުން އެއްގަމު ދަތުރުފަތުރުކުރުމުގެ އުސޫލާ ހިލާފަށް ވެހިކަލް ދުއްވުމުގެ މައްސަލަތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ނުރައްކާތެރިކޮށް ދުއްވައިގެން 273 ވެހިކަލް ޓޯކުރިއިރު، ނުރައްކާތެރިކޮށް ދުއްވައިގެން 128 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. މި މުއްދަތުގެ ތެރޭގައި 423 އުޅަނދު ޖޫރިމަނާކޮށްފައިވާއިރު، އަޑުގަދަވާނޭހެން ސައިލެންސަރު ބަދަލުކޮށްގެން ދުއްވި 147 ސައިކަލެއް ހުއްޓުވިކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުންވަނީ އުތުރުގެ އަތޮޅުތަކުން ޖުމްލަ 7 ހާހަށްވުރެ ގިނަ އުޅަނދު ބަލާފާސްކޮށްފައެވެ. 

ފުލުހުންގެ އަޕާ ނޯތު ޕޮލިސް ރީޖަންގެ ހުރިހާ ރަށްތަކެއްގައި ފުލުހުންގެ ޔުނިޓްތައް ގާއިމްކޮށްފައިވާއިރު އެ ސަރަހައްދުެގ އާބާދީ 78 ހާހަށްވުރެ މައްޗެވެ. އެއީ ރާއްޖޭގެ އާބާދީގެ 14.75 އިންސައްތައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ