ރައީސް ޑރ މުހައްމަދު މުޢިއްޒު އާއި ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 Nov 2025 | 14:30
ޑްރަގް ވިޔަފާރި ހުއްޓާލާ، ނޫނީ އުޅެން އުނދަގޫ ކުރާނަން: އިހްސާން

މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިިވާ މީހުން އެކަން ހުއްޓާލަން އިންޒާރު ދެއްވާ އެކަން ހުއްޓާނުލާނަމަ އުޅެން އުނދަގޫ ކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއަދުގެ އޮޕަރޭޝަނަކީ މިދިޔަ ހަ މަސް ދުވަހު އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހިންގާ އޮޕަރޭޝަނެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 500 ވުރެ ގިނަ ފުލުހުން ބައިވެރިވެގެން ހިންގާ މި އޮޕަރޭޝަނާއެކު މަސްތުވާތަކެތީގެ ވިޔަފާރިއަށް ނިމުން ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލަން އިންޒާރު ކޮށްފަ އެވެ. އަދި ވިދާޅުވީ އެކަން ހުއްޓާނުލައިފިނަމަ އުޅެން އުނދަގޫ ކުރާނެ ކަމަށެވެ.

"ދެން ޖެހޭނީ މިކަން [މަސްތުވާތަކެތީގެ ވިޔަފާރި] ހުއްޓާލަން. މިއަދަށް ފަހު ދެން އެ ފުރުސަތެއް ނުދޭނަން. އެދޭ އެދުމަކީ ްމިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން," އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވި ގޮތުގައި މިއަދުގެ އޮޕަރޭޝަންގައި މިހާރުވެސް 90 ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އަދި ވަގު ސިނގިރޭޓާއި ވޭޕާއި ކުށްކޮށްގެން ހޯދާފައިވާ ފައިސާތައް އަތުލަމުންދާ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަަކެތީގެ ވިޔަފާރިއަށް އޮންނާނީ އެންމެ ހަރުކަށި ފިޔަވަޅެވެ. އެކަމަށް ކުޑަވެސް ފުުރުސަތެއް އަދި ލުޔެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު މި ފެށި [އަލިމަގު] އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްއޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ގާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން," އިހްސާން ވިދާޅުވި އެވެ.

ކޮމެންޓް
ހުސެއިން
ވަރަށްރަގަޅުނިންމުމެއް
13 Nov 2025
ގުޅޭ ލިޔުންތައް
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
25 Sep 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ.
25 Sep 2026
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުމެއް ނޫން
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.