ނޯވޭ ވަރލްޑްކަޕަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ހާލާންޑް..
ކުޅިވަރު
14 Nov 2025 | 10:08
ވަރލްޑްކަޕްގެ ޖާގައެއް 28 އަހަރަށްފަހު ނޯވޭ ކަށަވަރުކޮށްފި

ވަރލްޑްކަޕުން ޖާގައެއް ހޯދުމަށް ނޯވޭއިން ކުރަމުންއައި އުއްމީދުތައް އެންމެފަހުން ޔަގީނާ ގާތަށް ޖެހިލައިފިއެވެ.

ނޯވޭއިން ވަރލްޑްކަޕް ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފައިވަނީ ކޮލިފައިންގައި އެސްޓޯނިއާ އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ނޯވޭގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ނޯވޭގެ ކެޕްޓަން ހާލާންޑް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. 

މެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލްތަކެއް ޖަހާފައިވަނީ ފަހުހާފްގެ ތެރޭގައެވެ. ނޯވޭއިން މޮޅަށް ކުޅުނު މެޗްގައި އެޓީމަށް ގޯލް ހުޅުވާލަދިނީ 50 ވަނަ މިނެޓް ތެރޭގައި ސޯލޮތް އެވެ. އަދި އޭގެ މިނެޓެއްފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މެޗްގައި ހާލާންޑުގެ ފަރާތުން ގޯލްތައް ފެނިގެން ގޮސްފައިވަނީ 56 އަދި 62 ވަނަ މިނެޓް ތެރޭގައެވެ.

މެޗްގައި އެސްޓޯނިއާއަށް ސުންކަނޑުވާލަދިނީ 64 ވަނަ މިނެޓް ތެރޭގައި ސާމާއެވެ.

މެޗަށްފަހު މި ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ލިބިގެން ނޯވޭއަށް ވަނީ ވަރލްޑްކަޕް ޖާގައެއް ކަށަވަރުވެފައެވެ. ކުޅުނު 7 މެޗުން މޮޅުވެ އެޓީމަށް ވަނީ 21 ޕޮއިންޓް ހޯދާފައެވެ.

ޕޮއިންޓް ތާވަލް

ނޯވޭއިން އެންމެފަހުން ވަރލްޑްކަޕް ކުޅެފައިވަނީ މީގެ 28 އަހަރުކުރިން ފްރާންސްގައި ބޭއްވި މުބާރާތުގައެވެ. އެފަހަރުގެ މުބާރާތުގައި ނޯވޭއިން ވަނީ މަޝްހޫރު ބްރެޒިލް ބަލޮކޮށް ގްރޫޕް ސްޓޭޖް ފަހަނަ އަލައި ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ނޮކްއައުޓް ބުރުގައި ނޯވޭ މުބާރާތުން ކެޓީ އިޓަލީއަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމުންންވެެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް