ޑީ.އެމް.އާރް.އާރް 2025 ގެ ވަނަތަކަށް ދިޔަ ފަރާތްތައް-- ފޮޓޯ/ ދިރާގު
ހަބަރު
15 Nov 2025 | 11:31
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ވަނަތަކަށް އިނާމު ހަވާލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025 ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

މި އިނާމުތައް ދިރާގުން ހަވާލުކޮށްފައިވަނީ 13 ނޮވެންބަރު 2025 ގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. 

މި އަހަރުގެ ޑީ.އެމް.އާރް.އާރްގައި ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. މިގޮތުން، 21.1K ކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމާއި، ރަނަރަޕްއަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ. އަދި 10K ، 5K އޯޕަން އަދި 5K ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕްއަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗަރ ހަވާލުކޮށްފައެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.

އަދި މި ހާއްސަ ހަފްލާގައި ދިރާގުން ވަނީ 21.1K އަދި 10K ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން 1ވަނަ، 2ވަނަ އަދި 3ވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.

ދިރާގުން ވަނީ މި ހަފްލާގައި ޖުމްލަ 678،800 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެން.ޖީ.އޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެން.ޖީ.އޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެން.ޖީ.އޯއަށް ހަވާލުކޮށްފައެވެ.

ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާއިލް ރަޝީދު މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ, ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބޭއްވޭ އެއްމެބޮޑު ދުވުމުގެ ރޭހުގެއިތުރުން މިއީ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ޝިޔާރުގައި ހިންގޭ، އަދި މިކަމަށް މަސައްކަތްކުރާ އެތަށް ޖަމްއިއްޔާއަކަށް މަންފާލިބޭ ބޮޑު އިޖްތިމާއީ ހަރަކާތެއްކަމަށެވެ. 

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ބޭއްވި މި ދުވުމުގެ 16 ވަނަ އެޑިޝަން ބާއްވާފައި ވަނީ 24 އޮކްޓޫބަރު 2025 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 4،500 އަށް ވުރި ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓަރ ކުރިއިރު 44 ގައުމެއްގެ ދުވުންތެރިން ހިމެނި، 28 ސްކޫލާއި 128 ޱކޯޕަރޭޓް ޓީމް ބައިވެރިވެފައިވާކަމަށް ދިރާގުން މައުލޫމާތުދެއެވެ.  

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 30 އޮކްޓޫބަރު 2025 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފައެވެ.

ޑީ.އެމް.އާރް.އާރްއަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.