މިނިސްޓަރު އާއިޝަތު ޝިހާމް
ހަބަރު
15 Nov 2025 | 23:28
އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: އާއިޝަތު ޝިހާމް

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަންހެނުން ބާރުވެރިކުރުވުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

ރެހެނދި އެވޯޑް ދިނުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑޮކްޓަރު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އަންހެނުންގެ ހުރި ކަންބޮޑުވުންތައް ބައްލަވައި، ވެރިކަމަށް ވަޑައިގަތުމަށްފަހު އަންހެނުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް މަސައްކަތް ފެށިގެންދިޔަ ކަމަށެވެ. 

އަންހެނުންގެ ކަންބޮޑުވުން ބެލިއިރު އެންމެ ފާހަގަކުރެވުނު ކަމަކީ ވިޔަފާރި ފެށުމަށް އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި އުނދަގޫތައް ކަމަށާއި، އެގޮތުން މި ސަރުކާރުން އަންހެނުންނަށް ހާއްސަކޮށް ލޯން ސްކީމެއް ތައާރަފްކުރެވިފައިވާކަމަށެވެ. އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފްކުރެވުނުއިރު، އެލޯނުގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރެވިގެންދިޔަކަން މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫިއްޔާ ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކުގައިވާ ގިނަ އަންހެނުންގެ އަޑު އައްސަވާ ހާލަތު ދެނެވަޑައިގެންނެވި. އިގްތިސާދީގޮތުން ކުރިއެރުމަށް ހުރި ދަތިތަކުގެ ވާހަކަތައް އޮޅުންފިލުއްވެވި. އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ ވިޔަފާރިއެއް ފެއްޓުމަށް ނުވަތަ ފުޅާކުރުމަށް ލޯނެއްނެގުމުގެ ދަތިކަން. ބޭންކުތަކުން ލޯނު ދިނުމުގެ އުސޫލްތައް ހަމަޖެހިފައިވާގޮތުން އަންހެނުންނަށް ލޯނު ހޯދުމުގެ ދަތިކަން

މިނިސްޓަރު ޑރ.އާއިޝަތު ޝިހާމް 

މިނިސްޓަރު ވިދާޅުވީ މިހާތަނަށް އާއިރު 83 ފަރާތަކަށް ލޯނު ދޫކުރެވިފައިވާކަމަށާއި، މީގެ ތެރެއިން 45 އިންސައްތަ މީހުން ވިޔަފާރިފަށައިއެކަމުގެ މަންފާ އެފަރާތްތަކަށް ލިބެމުންދާކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާ ވިޔަފާރީގެ އުކުޅުތައް ބޭނުންކޮށްގެން އަންހެނުންނަށް އަމާޒުކޮށް ވިޔަފާރީގެ ތަމްރީނުތައް ކުރިއަށްގެންދެވުނުކަން މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަންހެނުން ބާރުވެރިކޮށް ދައުލަތް ހިންގުމުގައިވެސް އެފަރާތްތަކުގެ ހިއްސާ މިއަދު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ބޯޑުތަކަށް އައްޔަނުކުރާ އަންހެނުންގެ ނިސްބަތް އިތުރުކޮށް، ސީއެމްޑިއޭ، އެންސްޕާ އަދި އާސަންދަ ފަދަ ތަންތަނުގެ އެންމެ އިސް މަގާމުތަކުގައި މިއަދި އަންހެނުން ތިބިކަން މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުންނަށް ކުރާ އނިޔާ ހުއްޓުވުމަށާއި، ޤާނޫނީ ގޮތުން އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދައިދުނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.