އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވްއަށް ބަދަލުކުރުމުގެ ތެރެއިން... ފޮޓޯ: އެންސްޕާ
ހަބަރު
16 Nov 2025 | 09:07
އެންސްޕާގެ މުހިންމު ބައެއް ހިދުމަތްތައް "ވަންގަވް" އަށް ބަދަލުކޮށްފި

ނެޝަނަލް ސޯޝަލް ޕްރޮޓަކްޝަން އޭޖެންސީ (އެންސްޕާ) ގެ މުހިންމު ބައެއް ހިދުމަތްތައް ވަންގަވް އަށް ބަދަލުކޮށްފިއެވެ.

އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް ޕްލެޓް ފޯމަށް ބަދަލުކޮށް އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ވަންގަވް މެދުވެރިކޮށް ލިބޭ އެންސްޕާގެ ބައެއް ހިދުމަތްތަކަކީ:

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް

- ތެރަޕީ ބޭނުންވާ ފަރާތްތަކަށް ދޭ އެހީ

- އެކަނިވެރި މައިންނަށްދޭ އެލަވަންސް

- ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކި ފޯރުކޮށްދިނުން

- ފޯސްޓާ ޕޭރެންޓުންނަށް ދޭ އެލަވަންސް

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު... ފޮޓޯ؛ އެންސްޕާ

އެންސްޕާގެ މި ހިދުމަތްތައް ވަންގަވްއަށް ބަދަލުކުރުމާ ގުޅިގެން ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ވަރަށް ގިނަދުވަހުގެ މަސައްކަތެއް ކަމަށާއި، މިއީ ސަރުކާރުން ރައްޔިތުންނަށްދޭ ހިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ. 

އެންސްޕާގެ މި ހިދުމަތްތައް ވަންގަވްއަށް ބަދަލުކުރުމުން ރައްޔިތުންނަށް ލިބޭ ފަސޭހައަކީ ކޮބައި؟

އެންސްޕާއިން ދެމުން އަންނަ ބައެއް ހިދުމަތްތައް ރައްޔިތުންނަށް ލިބޭލެއް ލަސްވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. އެގޮތުން ތެރަޕީ ފަރުވާއަށް ފޯމުތައް ލައިގެން އެންސްޕާގެ ޖަވާބަކަށް އެދި ދިގު އިންތިޒާރެއް ކުރަންޖެހުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ.

ހީނާ ވިދާޅުވީ އެންސްޕާގެ މިފަދަ ހިދުމަތްތައް ވަން ގަވް ފަދަ ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން މުއާމަލާތްތައް ހިނގަން ފެށުމުން ރައްޔިތުންނަށް ހިދުމަތްދިނުމަށް މީގެކުރިން ހޭދަވާ ވަގުތަށް ކުޑަވެ، އަވަހަށް ހިދުމަތް ފޯރުކޮށްދެވިގެންދާނޭކަމަށެވެ. ހީނާ ވިދާޅުވީ މިވަގުތު ވަން ގަވްއަށް 5 ހިދުމަތެއް ގުޅާލެވުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އެންސްޕާގެ އިތުރު ހިދުމަތްތައް ތައާރަފް ކުރެވިގެންދާނޭކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

ވަންގަވްއަކީ ސަރުކާރުގެ މުއައްސަސާތަކުން ދެމުންގެންދާ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބިދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ވަންގަވް މެދުވެރިކޮށް އިދާރާތަކުން ހޯދަން ބޭނުންވާ ހިދުމަތްތަކަށް ފަސޭހައިން ފޯމު ހުށަހަޅައި ސަބްމިޓް ކޮށްލެވެއެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި