20 Jun 2019 | 16:24
ޖޭއެސްސީގެ ތަހްގީގު: އަނެއްކާވެސް މީހުން ފްރޭމްކުރަންފެށީތޯއެވެ؟

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހްގީގުކުރުމަށް ޖުޑިޝަލް ސާވިސްކޮމިޝަން އިން މިއަދު ދަރުބާރުގޭގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ތަހްގީގީ ސެޝަނުން ފަނޑިޔާރުގެ ހަމަމަގަށް އެޅުވުމަށް އެމްޑީޕީން ގެންގުޅޭ ތަސައްވުރު އަންދާޒާ ކޮށްލެވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހާޒިރުކޮށްގެން ފެށި ތަހްގީގުން އެގިހާމަވެގެންދިޔައީ މީހުން ފްރޭމްކުރުމުގެ ވަރުގަދަ ހަރަކާތެއް އަނެއްކާ ފެންމަތިވެގެން ހިގައްޖެކެމެވެ. މީގެކުރިން މީހުން ފްރޭމްކުރުމުގެ މަލާމާތުގެ ވާހަކަތައް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ކުރިމަތިވީ ކާނަލް ނާޒިމް ފުރޭމްކޮށްގެން ޝަރީއަތަށް ހުށަހެޅި ހެކިތަކުންނެވެ. އޭރުގެ ސަރުކާރުން ވަރަށް މަތީދަރަޖައަކަށް ކާނަލް ނާޒިމްގެ މައްސަލަ ޕޮލިޓިސައިޒްކޮށްފައިވާކަން ދޭހަވެއެވެ.

މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖިނާއީ ދައުވާއެއް ފެށިކަމުގެ ބޮޑު ލިޔުމެއް ފޮރެންސިކް ހެކިތަކެއް ލައިގެން ފުލުހުން ޖޭއެސްސީއަށް ކުއްލިގޮތަކަށް ހުށަހެޅީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ފުލުހުންކުރާ އެއްވެސް ތުހުމަތެއް އަދި ބަލާ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެ ފަނޑިޔާރަށް ލިޔުންދިންތާ އެންމެ ދެދުވަހެއްގެތެރޭގައެވެ. ދެދުވަހުގެތެރޭގައި ވަރުގަދަ ލިޔުމެއް ފުލުހުންތައްޔާރުކުރުކޮށް ހުށަހެޅުމުން ރައީސް އަބްދުﷲ ޔާމީނެކޭ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައިވެސް ފުލުހުންގެ އިދާރާގެތެރެއަށް ސިޔާސީ ނުފޫޒު ވައްދާފައިވާކަން ދޭހަވެއެވެ. ބޮޑެތި ޖިނާއީ ތަހްގީގެއްގެ މިވަރުގެ ޑޮކިއުމަންޓެއް ފުލުހުންގެ އަތުން ކުއްލިގޮތަކަށް ޖޭއެސްސީން އެންމެ ދެދުވަހުގެތެރޭގައިހޯދިގޮތަކާމެދު ސުވާލު އުފެދެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ފުރަތަމަ ޖޭއެސްސީން ބަލަންފެށިކަމަށް ނޫސްތަކަށްއެރުވީ ފަނޑިޔާރުގެ އަނބިކަނބަލުންގެ އެކައުންޓަށް ނާޖާއިޒްގެ ގޮތުގައި އެއްމިލިޔަން ޑޮލަރު ވަދެފައިވާކަމަށް މީޑިއާތަކަށް ލީކްކޮށްލުމަށްފަހުއެވެ. މިއަދުގެ ތަހްގީގުގައި ފަނޑިޔާރުވަނީ އެއްވެސް ފަރާތަކުން ނާޖާއިޒްގެގޮތުގައި ފައިސާނަގާފައިނުވާނެކަމަށާއި މިއަދު ހުޅުވާލައިގެން ތަހްގީގުކުރާއިރު އެމައްސަލަ ޖޭއެސްސީން ނުބަލަނީ ކީއްވެތޯ ފަނޑިޔާރު އެއްސެވިއެވެ.

މިއަދުގެ ތަހްގީގުގައި ޖޭއެސްސީގެ ތަހްގީގު ޓީމުން އެވާހަކަ އިތުރަށް ދައްކަން ބޭނުމެއް ނުވިއެވެ. ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގައި ކަމަށް ހާމަކުރަމުން ޖޭއެސްސީން ފަނޑިޔާރު ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ޖޭއެސްސީގެ މެމްބަރެއްގެގޮތުގައިވެސް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެންކަމަށްވާއިރު ތަހްގީގު ޓީމުން މިއަދާއިހަމައަށް އައިއިރުވެސް ފަނޑިޔާރުގެ ވަކީލުންގެ ޓީމަށް އެސިޓީ ނުދެއެވެ. ތަހްގީގުފެށީ ޖޭއެސްސީގެ ތަހްގީގު ޓީމުން މިއަދު ކުއްލިގޮތަކަށް ތަހްގީގީ މަޖިލީހަށް ހުށަހެޅި ފުލުހުންގެ ޑޮކިއުމަންޓެއްގެ މައްޗަށް ބިނާކޮށެވެ. އެޑޮކިއުމަންޓް ފަނޑިޔާރު ދީދީގެ ވަކީލުންގެ ޓީމާ ހަވާލުކުރިތާ ދެމިނިޓްތެރޭގައި ސުވާލުތައް ފަށައިގަތެވެ.

ޖޭއެސްސީން ތަހްގީގީ މަރްހަލާ ކުރިއަށްގެންދަނީ ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ހަމަތަކާއި އަދި ގާނޫން އަސާސީގައި ކަނޑައަޅާދީފައިވާ ހަމަތަކާއި ޚިލާފަށްކަމަށް ތަކްރާރުކޮށް ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ފާހަކަކުރިއެވެ. އެއީ ތުހުމަތު ރައްދުވާ ފަރާތަށް އެތުހުމަތުން ބަރީއަވުމަށް އެއްވެސް ފުރުސަތެއް ނުދީކަމަށް ބުނެއެވެ. ނަޝީދު ހުށަހަޅުއްވާފައިވާ ޝަކުވާގެ ލިޔުމެއް ނުދެއެވެ. އެއްމިލިޔަން ޑޮލަރު ހުރިކަމުގެ ހެކިތަކެއް ނުދައްކައެވެ. ފުލުހުން ތައްޔާރުކޮށްފައިވާ ޖިނާއީ ތަހްގީގު ހިންގާކަމަށް ބުނާ ޑޮކިއުމަން ދެއްކީ ތަހްގީގު ފަށަމުންނެވެ. މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓްތަކުން ޝަރީއަތްތަށް ފަޓާސްބަރިއެއްހެން ނިންމާކަމަށް ތުހުމަތުކޮށް ވާހަކަދައްކަވާ އުޅުއްވި ވަކީލުން މިއަދު ޖޭއެސްސީގައި ތިއްބަވައިގެން އެއަށްވުރެ ރަނގަޅަށް ކުރަންވާނެ ނޫންތޯ ފަނޑިޔާރު ތަމްސީލުކުރައްވާ ވަކީލް ކުރީގެ ނާއިބް ރައީސް މުހައްމަދު ޖަމީލު އަހުމަދު އެއްސެވިއެވެ.

އާއްމުންނަށް ހުޅުވާލައިގެން މިއަދު ގެންދިޔަ ޖޭއެސްސީގެ ތަހްގީގު ޓީމުގެ މަސައްކަތް ފެނިގެންދިޔައީ ވަރަށް ދެރަވަރު ގޮތަކަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތަހްގީގެއް ހިންގުމުގެ ލަޔާގަތްތެރިކަން ހުރިކަމާއި ގާނޫނީހޭލުންތެރިކަން ހުރިކަމާމެދުވެސް ސުވާލު އުފެދެއެވެ.

މިއަދުގެ ތަހްގީގުން އެއްކަމެއް ސާފުވިއެވެ. ފަނޑުޔާރުގެ މައްޗަށް ކުށެއް ސާބިތުވިޔަސް ނުވިޔަސް މަގާމުން ދުރުކުރުމަކީ ކަނޑައެޅިނިމިފައިވާކަމެއްކަމެވެ. އެކަންކުރުމުގެ ކުރިން ފަނޑިޔާރު އަބްދުﷲ ދީދީގެ އަބުރުކަތިލައި ވެއްޔާއިމޮޑެންޖެހެއެވެ. އެމްއެމްޕީއާޜްސީގެ ވައްކަމާ ގުޅުވައިލެވުނީ އެހެންވެގެންކަމަށްވެދާނެއެވެ. އަނެއްކާ މިފަޑިޔާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމްކުރި ފަނޑިޔާރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.