އިންޑިއާ އަދި ރަޝިއާގެ ހާރިޖީ ވަޒީރުން... ފޮޓޯ؛ ދަ ހިންދޫ
ދުނިޔެ
16 Nov 2025 | 13:28
އިންޑިއާގެ ހާރިޖީ ވަޒީރު، ޖައިޝަންކަރު ރަޝިޔާއަށް

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިފެށޭ ހަފްތާގައި ރަޝިޔާއަށް ވަޑައިގަންނަވާނެކަމަށް އިންޑިއާއިން ބުނެފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު ރަޝިޔާގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ޖައިޝަންކަރު މޮސްކޯއަށް ވަޑައިގަންނަވާނެކަމަށާއި، މި ދަތުރުފުޅުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އިންޑިއާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭ މަޝްވަރާތައް ރަޝިޔާގެ ޚާރިޖިއްޔާގެ ބޭފުޅުންނާއެކު ކުރައްވާނެކަމަށް މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި މިމަޝްވަރާތަކަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފްއާއެކު ޖައިޝަންކަރު ބައްދަލުކުރައްވާނެކަމަށް ބެލެވެއެވެ.

ޕުޓިން އިންޑިއާއަށް ވަޑައިގަންނަވާނީ ޑިސެމްބަރު 4 އިން 5 އަށް ދިއްލީގައި އޮންނަ އިންޑިއާ-ރަޝިޔާ ސަމިޓަށެވެ.

އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ޑރ. ޖައިޝަންކަރު މިވަގުތު ހުންނެވީ ނިއުޔޯކްގައެވެ. ޕުޓިންގެ ދަތުރުފުޅާ ގުޅޭ ގޮތުން ދެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުންވެސް އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ޖައިޝަންކަރު ރަޝިޔާއަށް ވަޑައިގަންނަވާކަމާއި، މި ދަތުރުފުޅުގައި ލަވްރޯފްއާއެކު ބައްދަލުކުރައްވާނެކަމަށް ރަޝިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މަރިޔާ ޒަޚަރޯވާ ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.