އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް.. ފޮޓޯ: އެފްއޭއެމް
ހަބަރު
16 Nov 2025 | 16:20
ބައްސާމް ކޯޓަށް ހާޒިރުވާން ޖެހޭނީ ޖަލު ހެދުމުގައިތަ؟

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދުކޯޓަށް ހާޒިރުކުރިއިރު ބައެއް މީޑިއާތަކުން އެންމެބޮޑަށް ފާހަގަކުރި އެއްކަމަކީ ބައްސާމް ޖަލު ހެދުން ލާން ދެކޮޅު ހެދި ވާހަކައެވެ. ކޯޓަށް ހާޒިރުކުރަންވެގެން ޖަލު ހެދުން ލައްވަން އުޅުމުން ދެކޮޅުހެދުމުން އެންމެފަހުން އާދައިގެ ހެދުން ލައްވައިގެން ކޯޓަށް ހާޒިރުކުރުވިކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖޭގެ ނަންހިނގާ އިތުބާރުހުރި މީޑިއާތަކުން އެގޮތަށް ރިޕޯޓް ކުރާނީ ހަމަ ޔަގީނުންވެސް އެގޮތަށް އެކަން ހިނީމައެވެ. އެހެންވީމައި އެކަން މީޑިއާތަކަށް ތިލަވާނީ ޖަލުބަލަހައްޓާ އޮފިސަރުގެ ތެރެއިން ނުވަތަ ފުލުހުންގެ ފަރާތުން ނަމަވެސް އެކަން ނޫސްވެރިންނަށް އެނގުނީމައެވެ.

ގައިދީން ނުވަތަ ބަންދުމީހުން ޔުނީފޯމްލާގޮތަށް ހަމަޖައްސާފައިވާ ޖަލުތަކުގައި ޔުނީފޯމު ލެއްވުމުގައި އަމަލުކުރާނޭ ގޮތުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ 4 ނަމްބަރަށް ބަލާއިރު ޝަރުއީ ކޯޓަކަށް ނުވަތަ ރަސްމީ އިދާރާއަކަށް ގައިދީން ނުވަތަ ބަންދުމީހުން ހާޒިރުކުރާއިރު ހާޒިރުކުރަން ވާނީ، އެ އިދާރާއަކުން ގަބޫލުކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދޭ ރަސްމީ ހެދުމެއްގައެވެ. މި ނަމްބަރުގައި އެބުނާ ރަސްމީ ހެދުމަކީ ގައިދީން ލުމަށް ކަނޑައެޅިފައިވާ ޖަލު ހެދުމެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މީގެކުރިން އިސް މަގާމްތަކެއް ފުރުއްވި ބޭފުޅަކު ނަން ހާމަކުރަން ނޭދެމުން ވިދާޅުވެފައިވަނީ، އެ މާއްދާގައި އެގޮތަށް ބަޔާންކުރިނަމަވެސް ސެކިއުރެޓީ ހާލަތަށް ރިޔާއަތްކޮށް އެފަދަ ކަންކަމަށް އަމަލުކުރުމުގެ ފަރަގުތަކެއް ގެންގުޅުމުގެ އިހުތިޔާރު ކަރެކްޝަނަށް ލިބިގެންވެއެވެ.

" ކަރެކްޝަން އިން ކަނޑައަޅާ ސެކިއުރިޓީގެ ގިންތިއެއް ގޮތެއްގެ މައްޗަށް އެކަން ބަރޯސާވަނީ" އޭނާ ވިދާޅުވިއެވެ.

ބައްސާމް ކުލަ ހެދުމުގައި ކޯޓަށް ހާޒިރުކުރުމާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ބައްސާމް ހާޒިރުވީ އެތަނުގެ ހެދިފައިވާ އުސޫލްތަކާ އެއްގޮތަށްކަމަށެވެ. އެގޮތުން އުސޫލުން ބޭރުން ބައްސާމް ކޯޓަށް ހާޒިރުކޮށްފައި ނުވާނޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޝަރީއަތުގެ މަޖިލީހަށް ބައްސާމް ހާޒިރުކުރަން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 08:15 އަށެވެ، ނަމަވެސް ޝަރީއަތަށް ބައްސާމް ހާޒިރުކުރެވުނީ 11:00 ޖެހިފަހުންނެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދިންކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ، ކޯޓަށް ބައްސާމް ހާޒިރުކޮށްފައިވަނީ ކުލަ ހެދުމުގައި ބިޑިއަޅުވައިގެން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ބައްސާމުގެ މައްޗަށް ކުރެވިފައިވާ މަނީ ލޯންޑަރިން ދައުވާއާ ގުޅޭ އަޑުއެހުންތަކެވެ. އެއީ ފީފާއިން އެފްއޭއެމަށް ދިން 1.2 މިލިއަން ޑޮލަރު އުސޫލްތަކާ ހިލާފަށް ބައްސާމް އަމިއްލަ ކަންކަމުގައި ބޭނުންކުރުމާ ގުޅިގެން ކުރި ދައުވާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.