ޝޭޚް ހަސީނާ-
ދުނިޔެ
17 Nov 2025 | 14:14
ބަންގްލަދޭޝްގެ ކޯޓަކުން ހަސީނާ މެރުމަށް ހުކުމްކޮށްފި

ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރިބިއުނަލުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ސެއިހް ހަސީނާއަށް މަރުގެ އަދަބުދިނުމަށް މިއަދު ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ ދާޚިލީ ހަމަނުޖެހުންތަކުގައި ފުލުހުން މީހަކު މަރާލި މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ވަނީ ޝެއިޚް ހަސީނާއާ ދެކޮޅަށް މަރުގެ ތަހުގީގެއް ފަށާފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ވިޔަފާރިވެރިއެއް ކަމަށްވާ އާމިރު ހަމްޒާއެވެ. މައްސަލަ ހުށަހެޅީ ޖުލައި މަހު، މަގުމަތިން ދަނިކޮށް ބޮލަށް ބަޑި ޖަހައި މަރާލި، ފިހާރައެއްގެ ވެރިޔާ އަބޫ ސައީދާގެ މަރުގެ މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލާގައި ކޯޓުން ވަނީ މިދިޔަ އަހަރު ކިޔަވާދިން އިސްވެފެށި އެ މުޒާހަރާގައި ދަރިވަރުންނާ ދެކޮޅަށް ސަރުކާރުން ނަހަމަ ގޮތުގައި ކޮށްފައިވާ ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. ހަސީނާގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާނަށްވެސް ވަނީ ކޯޓުން މަރުގެ އަދަބު އިއްވާފައެވެ.

ބަންގްލަދޭޝްގައި ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ ދަރިވަރުންގެ މުޒާހަރާތަކުގައި 400 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. 

ހަސީނާގެ މައްޗަށް ސަރުކާރުން ކުރަމުންގެންދާ ދައުވާތަކަށް އޭނާ ވަނީ ވަރަށް ހަރުކަށިކޮށް ވާހަކަދައްކާފައެވެ. އެގޮތުން ހަސީނާ ވިދާޅުވެފައިވަނީ ބަންގްލަދޭޝްގައި އޮތް ވެރިކަން ބަދަލުވެގެން ދިޔައީ ޔޫނުސް އަޑީގައި ހުރެގެން އެމެރިކާގެ އެއްބާރުލުމާއެކުގައިކަމަށެވެ. ބަގާވާތަށް ޔޫނުސް ފައިނޭންސް ކޮށްފައިވާއިރު، ހަސީނާ ވަނީ ބަންގްލަދޭޝްގެ ވެރިކަން ފުރޮޅިގެންދިޔަ ދިއުމަކީ ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި ޢަދުލުއިންޞާފު ޤާއިމްކުރުމަށްޓަކައި އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް