ރައީސް ޑރ.މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ...
ހަބަރު
17 Nov 2025 | 22:01
ނަފްސާނީ ބައްޔަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސައިދެނީ

ނަފްސާނީ ބައްޔަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރިއަށްއޮތްތަނުގައި އާސަންދައިން ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަައީސް ވިދާޅުވީ ނަފްސާނީ ބައްޔަކީ ދިވެހިންގެ މެދުގައި ވަރަށް ކަންބޮޑުވާވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަމަށާއި، މިކަމަށް ކުރަންޖެހޭ ހަރަދު އާސަންދައިން މީގެ ކުރިން އެއްކޮށް ކަވަރ ނުކުރާކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ ޖެނުއަރީމަހުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހަރަދެއް އާސަންދަ މެދުވެރިކޮށް ހަމަޖެހިގެންދާނޭކަމަށެވެ.

ރައީސް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް

މިއަދާ ހަމަޔަށްވެސް ނަފްސާނީ ބައްޔަށްކުރާ ހޭދަ އާސަންދައިން އެއްކޮށް ކަވަރެއް ނުކޮށްދޭ.. މިއަދާ ހަމަޔަށްވެސް ނުލިބޭ. އަޅުގަނޑުމެން މިތިބީ އެކަމާ ވަރަށްބޮޑަށް ހައިރާންވެފައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށްކުރާ ހުރިހާ ހޭދައެއް އާސަންދައިން ކަވަރވާނެ

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ އިޖުތިމާއީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ނުކުޅެދޭ ކުދިންނަށް ވަޒީފާދިނުމާއި އިސް ރަށްވެހިންނަށް އިސްކަންދީގެން ހިދުމަތްތައް ފޯރުކޮސްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދޭ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 333 މީހުންނަށް ވަޒީފާ ދީފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން 280 މީހަކަށް ވަޒީފާ ދެވުނުއިރު، ސިވިލްސާވިސްގެ ތެރެއިން 45 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.