ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު... ފޮޓޯ: ވޮއިސް
ހަބަރު
17 Nov 2025 | 22:43
އުސޫލާ ހިލާފަށް އެއްވެސް ކުންފުންޏަކަށް މަޝްރޫޢުއެއް ހަވާލުކޮށްފައެއް ނުވާނެ: ރައީސް

ޤާނޫނީ އިމުން ބޭރުން އެއްވެސް ކުންފުންޏަކަށް މަޝްރޫޢުއެއް ހަވާލުކޮށްފައެއް ނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާކަމަށެވެ. ރައީސް ވިދާޅުވީ 1875 އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކުރިއަށްދާއިރު، އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެންވެސް މިހާރު މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. 

ރައީސް ވިދާޅުވީ މީގެ ތެރެއިން ޕްރައިވެޓް ސެކްޓާއަށް 200 އަށްވުރެ ގިނަ މަޝްރޫޢު ހަވާލުކުރެވިގެންދިޔައިރު ބައެއް މަޝްރޫޢުތައް އުސޫލާ ހިލާފަށް ހަވާލުކުރިކަމުގެ ވާހަކަ ދައްކާފައިވާކަމަށެވެ. ޤާނޫނާއި ގަވާއިދާ ހިލާފަށް މި ސަރުކާރަކުން ހަމަ އެއްވެސް ކަމެއް ނުކުރާނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް އުސޫލްތަކާ ހިލާފަށް ހަމަ އެއްވެސް މަޝްރޫޢުއެއް ހަވާލުކޮށްފައި ނުވާނޭކަމަށެވެ. 

" ދެންހަމަ މިނިވަން މުއައްސަސާތައް އޭސީސީ، ޕީޖީވެސް ހުރިހާތާކުން ހަމަ ބައްލަވަންވީ" ރައީސް ވިދާޅުވިއެވެ

ރައީސ ްވިދާޅުވީ އެ 230 މަޝްރޫޢުގެ މަސައްކަތް ފެށީ ރައްޔިތުންގެ ލާބައަށް ކަމަށާއި، ރައްޔިތުންގެ މަންފާއަށް ހިންގާ ކަންކަމާ ދެކޮޅަށް ނިކުންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.