ލަނޑުޖެހުމަށްފަހު ޖަރުމަނުކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ބެއިން ސްޕޯޓް
ކުޅިވަރު
18 Nov 2025 | 08:25
ޖަރުމަނުވިލާތުން ވަރލްޑްކަޕް ޖާގައެއް ހޯދައިފި

ސްލޮވޭކިއާ އަތުން ފަސޭހަކަމާއެކު މޮޅުވެގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑްކަޕްގެ ޖާގައެއް ޖަރުމަނުވިލާތުން ކަށަވަރުކޮށްފިއެވެ.

ވަރލްޑްކަޕް ކޮލިފައިންގައި ރޭ ޖަރުމަނުވިލާތާއި ސްލޮވޭކިއާ ބައްދަލުކުރިމެޗުން ޖަރުމަނު މޮޅުވީ 0-6 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު މިމެޗްގައި ގޯލްހުޅުވާލަދިނީ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި 18 ވަނަ މިނެޓް ތެރޭގައި ވޮލްޓެމޭޑެވެ. އަދި އޭގެ 11 މިނެޓްފަހުން ނާބްރީ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ދޭއް ސުމަކަށް ބަދަލުކޮށްފައެވެ. 

މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާނޭ ވަނީ އިތުރު ދެ ލަނޑު ޖަހައި ނަތީޖާ 0-4 ކަށް ބަދަލުކޮށްފައެވެ. މެޗްގެ ފަހުހާފްގައި ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ބާކޫ އަދި ވެޑައޮގޯ އެވެ.

މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޖަރުމަނުވިލާތުންނެވެ. އެޓީމުން ވަނީ ސްލޮވޭކިއާ ގޯލަށް އަމާޒުކޮށް 10 ހަމަލާ ފޮނުވާލާފައެވެ.

ޖަރުމަނުހިމެނޭ ގްރޫއްޕުން އެޓީމް 6 މެޗް ކުޅެ 15 ޕޮއިންޓް ހޯދިއިރު ތާވަލްގެ ދެވަނާގައި އުޅެނީ 12 ޕޮއިންޓާއެކު ސްލޮވޭކިއާއެވެ. ވަރލްޑްކަޕުން ޖާގައެއް ހޯދުމުގެ ފުރުސަތު ދެން ސްލޮވޭކިއާއަށް އޮތީ ޕްލޭއޯފް ކާމިޔާބުކޮށްގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް