ވަރލްޑްކަޕަސް ކޮލިފައިވުމާ ގުޅިގެން ސްކޮޓްލޭންޑް ޓީމުން އުފާފާޅުކުރަނީ.. ފޮޓޯ: ގެޓީ
ކުޅިވަރު
19 Nov 2025 | 09:10
ސްކޮޓްލޭންޑުން ވަރލްޑްކަޕަށް ކުރަމުން އައި އިންތިޒާރު ނިމުމަކަށް

ކުރިއަށްއޮތް ވަރލްޑްކަޕުން ޖާގައެއް ހޯދުމަށް ސްކޮޓްލޭންޑުން ކުރަމުން އައި އިންތިޒާރު އެންމެފަހުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވަރލްޑްކަޕް ކޮލިފައިންގައި ރޭ ޑެންމާކާ ދެކޮޅަށް ނިކުތުމުގެ ކުރިން މުޅި ސްކޮޓްލޭންޑްގެ ނަޒަރު ހުއްޓިފައިވަނީ މި މެޗަށެވެ. ސަބަބަކީ 1998 ގެ ވަރލްޑްކަޕަށްފަހު އެޤައުމު އަދި މިހާތަނަކަށް އެ މުބާރާތަށް ކޮލިފައިއެއް ނުވެއެވެ. އެހެންކަމުން ރޭގެ މެޗް ސްކޮޓްލޭންޑުން ނެގީ ވަރަށް ސީރިއަސް މެޗެއްގެ ގޮތުގައެވެ.

ސްކޮޓްލޭންޑްގެ އަމިއްލަ ދަނޑުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން ތިންވަނަ މިނެޓް ތެރޭގައި ސްކޮޓްލޭންޑްގެ ޓޮމިނޭ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް އެ ނަތީޖާގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފް ފަށައިގެން 57 ވަނަ މިނެޓް ތެރޭގައި ޑެންމާކުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 

މެޗުން ދެވަނަ ފަހަރަށް ސްކޮޓްލޭންޑުން ލީޑް ނަގާފައިވަނީ 78 ވަނަ މިނެޓް ތެރޭގައެވެ. އޭގެ ކުރިން ޑެންމާކްގެ ކްރިސްޓެންސެން އަށް ވަނީ ދެވަނަ ރީނދޫކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ސްކޮޓްލޭންޑުން ލީޑް ނެގިތާ ފަސްމިނެޓް ނުވެ ޑެންމާކުން މެޗް އެއްވަރުކުރިއިރު، ތިންވަނަ ފަހަރަށް ސްކޮޓްލޭންޑަށް ލީޑް ނަގައިދިނީ އާސެނަލްގެ ކުރީގެ ޑިފެންޑަރު އަދި މިހާރު ސެލްޓިކަށް ކުޅެމުްނ އަންނަ ކިއެރަން ޓިއާނޭ އެވެ. އަދި މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މެކްލީން ވަނީ އިތުރު ލަނޑެއް ޖަހައި ވަރލްޑްކަޕްގެ ޖާގައެއް ސްކޮޓްލޭންޑަށް ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުން ލިބުނު މޮޅާއެކު ގްރޫޕްގެ އެއްވަނާގައި ސްކޮޓްލޭންޑް އޮތީ 13 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ޑެންމާކަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ވަރލްޑްކަޕްގެ ޖާގައެއް ޑެންމާކަށް ލިބުން އޮތީ ޕްލޭއޮފުން މޮޅޫވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް