ދިވެހި ފުލުހުން --
ހަބަރު
19 Nov 2025 | 14:49
ބޮޑީކެމް ގަންނަން އަނެއްކާ ވެސް ހަވާލުކުރީ ޝަރުތު ހަމަނުވި ކުންފުނީގެ ވެރީންގެ ކުންފުންޏަކާ

ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ނުވަތަ ބޮޑީ ކެމެރާ ގަތީ އޭރު ހަވާލުކުރި ކުންފުނީގެ ޝަރުތު ހަމަނުވެގެން އެ ބީލަން ކެންސަލް ކުރުމަށް ޓެންޑާ ބޯޑުން އެންގުމުން، ހަމަ އެ ކުންފުނީގެ ވެރިން ހިމެނޭ އިތުރު ކުންފުންޏަކާއި ހަވާލުކޮށްގެން ކަމަށް މާލިއްޔަތު ކޮމެޓީން ބުނެފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުގައި މުހައްމަދު ހަމީދު ކުރިން ހުންނެވިއިރު ހިންގި މި މުއާމަލާތާއި ގުޅޭ ގޮތުން މިއަދުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، 2021 ވަނަ އަހަރު އެންމެ ފުރަތަމަ ބޮޑީކެމް ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން، ޒެޓާ އެންޓަޕްރައިސެސް ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ. 

ނާޒިމް ވިދާޅުވި ގޮތުގައި އެ ފަހަރު ސިންގަލް ސޯސްގެ ދަށުން އެ ކުންފުންޏާއި ހަވާލުކުރީ 1400 ބޮޑީ ކެމް ގަތުމަށެވެ. އެހެން ނަމަވެސް އެ ބީލަމުގައި މައްސަލަތަކެއް ހުރިކަން ޓެންޑާ ބޯޑުން ފާހަގަކޮށް، އެކަން އެ އިއުލާނު ކުރި ޕޮލްކޯއަށް އެންގުމުން އެކަން ހުއްޓުނީއެވެ.

އެގޮތުން އޭރު ޓެންޑާ ބޯޑުން ފާހަގަކުރި ކަންކަމުގެ ތެރޭގައި،  ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔަ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތްކަން ފާހަގަކޮށްފައިވެއެވެ. 

އަދި އެ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަން ވެސް ޒެޓާގައި ނެތް ކަމަށް ޓެންޑާ ބޯޑުން އޭރު ފާހަގަކޮށްފައި ވެސް ވެއެވެ.

ޓެންޑާ ބޯޑުން އެހެން ނިންމުމުން، އެ ބީލަން ކެންސަލްކޮށް 200 ބޮޑީކެމްގަންނަން އަލުން ބީލަމަށް ޕޮލްކޯ އިން ހުޅުވާލިއެވެ. އެ ބީލަމަށް ތިން ފަރާތަކުން ކުރިމަތިލިއިރު، އޭގެ ތެރެއިން އެ ބީލަން އެވޯޑުކުރީ، ސިންގަލް ސޯސްކޮށް ކުރިން އެވޯޑުކުރި ޒެޓާ އެންޓަޕްރައިސެސްގެ ވެރިން ހިމެނޭ އެހެން ކުންފުންޏެއް ކަމުގައިވާ ޒެޓާ ޓެކްނޮލޮޖީއާއެވެ.

އެކަންތަކާއި ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެ ކުންފުންޏަކީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރުމަށް ފަހު އެ ކުންފުނީގެ މަގާމަކަށް ވަޑައިގެންނެވި ކުންފުންޏެވެ. އެކަމާއި ގުޅިގެން ވެސް މީގެ ކުރިން މަޖިލީހުގެ ކޮމެޓީގައި އެ މައްސަލައިގައި ވާހަކަ ދައްކައިފައިވެއެވެ.

އެގޮތުން އެ މުއާމަލާތުގައި ޕްރޮފެޝަނަލް މިސްކޮންޑަކްޓް ނޫނީ މޯރަލް އިޝޫސް ހުރި ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް، އެކަމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ވެސް އެ ކޮމެޓީގައި ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ސީޕީ ހަމީދު، ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ރިޓަޔާކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެެވެ. ފުލުހުންގެ ޚިދުމަތަށް ބޮޑީ ކެމް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.