އެސްޖޭއިން ފޭސް ދޭއްގައި ބިނާކުރަމުންދާ މިސްކިތް.. ފޮޓޯ: ވޮއިސް
ރިޕޯޓް
22 Nov 2025 | 09:40
އެސްޖޭ މިސްކިތް ނިންމަން ބުނި ތާރީހަށް ނިމޭނެތަ؟

ހުޅުމާލެ ފޭސް ދޭއް ޓަވަރު 16 އާ ދިމާލުގައި ހެޔޮއެދޭ ފަރާތެއްގެ އެހީގައި ބިނާކުރަމުންގެންދާ މިސްކިތުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޑިސެމްބަރުމަހުގެ ތެރޭގައި އެ މިސްކިތް ހުޅުވުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފައެވެ. މިނިސްޓަރު އެވާހަކަ ހިއްސާކުރެއްވީ މިސްކިތުގެ މަންޒަރުތައް ދައްކުވައިދޭ ޑްރޯން ވީޑިއޯއަކާ އެކުގައެވެ. 

މިނިސްޓަރުގެ އެ ޕޯސްޓަށް ގިނަ އަދަދެއްގެ ކޮމެންޓްތައް ލިބިފައިވާއިރު، އެންމެގިނަ މީހުން ސުވާލުތައް އަމާޒުކޮށްފައިވަނީ ފޭސް ދޭއް ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން ބިނާކުރަމުންދާ މިސްކިތް ނިމޭނެ ދުވަހަކާ ގުޅޭގޮތުންނެވެ. އެންމެފަހުން މިއަހަރުގެ ފެބުރުއަރީމަހު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެސްޖޭއިން ބިނާކުރަމުންދާ މިސްކިތް މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ނިމޭނޭކަމަށް އެކުންފުނިން ބުނެފައިވާކަމަށެވެ. އެގޮތުން އޭރު ކުރިއަށްދާކަމަށް ބުނެފައިވަނީ އެ މިސްކިތުގެ ކޮންކްރިޓް އަރޗްތައް ހެދުމުގެ މަސައްކަތެވެ. އާއްމުންގެ ޝަކުވާތައް ބޮޑުވުން ފާޅުކުރުމާއި އަދި މީޑިއާގައި އެވާހަކަތައް ދެކެވެން ފެށުމާއެކު އެސްޖޭ ކުންފުނިން ވަނީ ަމަ އެދުވަސްކޮޅު މިސްކިތުގެ މަސައްކަތް އަލުން ފަށާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޓީމުން މިދިޔަ އަހަރުގެ ނޮމްބަރުމަހު މިސްކިތް އިމާރާތްކުރާ ސައިޓަށްގޮސް ބެލުމަށްފަހު އޭރު ބުނެފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލެވޭނޭކަމަށް އެސްޖޭއިން ބުނެފައިވާކަމަށެވެ. ކުރިން އެ މިސްކިތުގެ މަސައްކަތް ލަސްވަމުންދާ މައްސަލާގައި އިސްލާމިކް މިނިސްޓްރީން މިދިޔަ 2023 ވަނަ އަހަރުގެ މާޗްމަހު ބުނެފައިވަނީ، މަސައްކަތް މަޑުޖެހުނީ ފައުންޑޭޝަން އެޅިފަހުން ބެންޗްމާކްތަކުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.

އެސްޖޭއިން ޑިސެމްބަރުމަހަށް މިސްކިތް ނިންމަން ބުނިތާ 8 މަސްދުވަސް ފާއިތވެގެން ގޮސްފައިވާއިރު އަދިވެސް މިސްކިތުގެ މަސައްކަތް ހުރީ ގާތްގަނޑަކަށް އޭރުވެސް ފެންނަން ހުރި ގޮތަށެވެ. މަސައްކަތް މާބޮޑަށް ކުރިއަށްގޮސްފައިވާތަނެއް ނުފެނެއެވެ.

އެސްޖޭ މިސްކިތުގެ މަސައްކަތް ފެބުރުއަރީމަހު ގޮސްފައިވާ ހިސާބު.. ފޮޓޯ: ވޮއިސް

އެސްޖޭމިސްކިތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ބޭރުފާރުގައި ސިމެންތި ޖަހާފައިވާއިރު، މިސްކިތުގެ އެތެރޭގެ މަސައްކަތްތައްވެސް މާބޮޑަށް ކުރިއަށްގޮސްފައިވާތަނެއް ނުފެނެއެވެ. މިނިސްޓަރުގެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް ފަރާތްތަކުން ވަނީ މަސައްކަތް މިހާރު ކުރިއަށްދާގޮތުން ކުރިއަށްއޮތް 5 އަހަރުތެރޭގައިވެސް މިސްކިތް ނިމޭނޭކަމަށް ގަބޫލުނުކުރާކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައެވެ.

އެސްޖޭ މިސްކިތް މިހާރު ... ފޮޓޯ: ވޮއިސް

އެސްޖޭ މިސްކިތުގެ މައްސަލާގައި ވޮއިސްއިން އިސްލާމިކް މިނިސްޓްރީއަށް ސުވާލުކުރި ނަމަވެސް އަދި މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. އެސްޖޭއިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ މިސްކިތުގެ މަސައްކަތް ލސްވެފައިވާއިރު، މިސްކިތުގެ މަސައްކަތް އެދެވޭގޮތެއްގައި ކުރަމުން ނުދާކަމަށް އެ ސަރައްދުގައި ދިރިއުޅެމުންދާ ބައެއް ފަރާތްތަކުން ވަނީ ވޮއިސްއަށް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެވަރުގެ މިސްކިތެއް ހެދުމުގެ މަސައްކަތުގައި އެކަށީގެންވާ އަދަދަކަށް މީހުން މަސައްކަތް ކުރަން އުޅޭތީ ނުފެންނަ ކަމަށްވެސް ބައެއް މީހުން ބުންޏެވެ.

"އެމީހުން މިސްކިތް ނިންމާތީ އުޅޭތަނެއް ނުފެނޭ. އެތަނުގެ ބިން އެމީހުން ބޭނުންކުރަނީ ގުދަނަކަށް، މިސްކިތް ނިންމަން އުޅޭނަމަ މިހާރު ހުންނާނީ ނިމިފައި" އެ ހިސާބުގައި ދިރިއުޅެމުންދާ މީހަކު ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުންޏެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އެސްޖޭއިން ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭއިރު، މިސްކިތުގެ ބޭރާއެކު އެއްފަހަރާ 3،000 މީހުންނަށް ނަމާދުކުރެވޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.