ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ދާޚިލީ ވުޒާރާ
ހަބަރު
23 Nov 2025 | 15:12
އަޅުގަނޑުމެން ހިފާނީ މަސްތުވަާތަކެތީގެ މޭޖާ އިމްޕޯޓަރުން އަދި ސަޕްލަޔަރުން: އިހްސާން

މި ސަރުކާރުގެ މިހާރުގެ އަމާޒަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ވިއްކުމުގެ އަޑީގައި ތިބި ބޮޑުން ހިފައި ހައްޔަރު ކުރުން ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް ދެ އަހަރު ވުމާއި ގުޅިގެން ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ޑްރަގްގެ މައްސަލަ ހައްލު ކުރުމަށް، ރާއްޖެއަށް ޑްރަގް ސަޕްލައި ކުރެވޭ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 2.2 ބިލިއަން ދިވެހި ރުފިޔާގެ ޑްރަގްސް ރާއްޖޭގެ މަގުތަކަށް ދިޔުން ހުއްޓުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އަދި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތައް ހޯދައި، ދެނެގަނެ، އެފަރާތްތަކާދޭތެރޭ ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ، މެދުފަންތީގެ ޓިޔާއަށް އަމާޒުކޮށްގެން މިދިޔަ ހަފްތާގައި އަޅުގަނޑުމެންވާނެ 100 އެއްހާ މީހުންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައި. ނިމުނު އިރު 110 މީހުން ވަނީ ހައްޔަރު ކުރެވި އެމީހުން މަސްތުވާތަކެތި ވިއްކުމުގައި ގެންގުޅުނު އާލާތްތަކާއި، މަސްތުވާތަކެއްޗާ ފައިސާއާ އަތުލެވިފައި. އޭގެތެރޭގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ، މަގުމަތީ އަގުގެ ޕްރޮޑަކްޓްތައް ހިމެނޭ 

ވަޒީރު އިހްސާން

މިއާއެކު އިހްސާން ވިދާޅުވީ، ދެން ކުރަން އޮތް މަސައްކަތަކީ ރާއްޖެއަށް އެތެރެކޮށް، ރާއްޖޭތެރޭގައި އެ ވިއްކުމުގެ އެންމެ ބޮޑު ނެޓްވޯކް ހިންގާ މީހުން ހިފައި ހައްޔަރު ކުރުން ކަމަށެވެ.

ދެން މަސްތުވާތަކެއްޗަށް ފުރުސަތެއް ނުލިބޭނެ. އަޅުގަނޑުމެން އެމީހުން ހިފައި ހައްޔަރު ކުރާނަން. އެހެންވީމާ ފުލުހުންގެ ހުރިހާ މަސައްކަތެއް ހުރި މި މީހުންނާ ހަމައަށް ވާސިލް ވުމަށް

ވަޒީރު އިހްސާން

މިއާއެކު ވަޒީރު ވިދާޅުވީ، ކުދިކުދި ޑްރަގް ވިއްކާ މީހުން ޖަލަށްލާ ޒަމާނަކީ ފާއިތުވެފައިވާ ޒަމާނެއް ކަމަށާއި، ދެން އަމާޒު ހިފާނީ މި ކުށްތަކުގެ ފަހަތުގައިވާ ބޮޑެތި ޑީލަރުންނަށް ކަމަށެވެ.

މިހާތަނަށް އަމަލުކުރެވިފައިވާ ރާއްޖޭގެ އޮތް ގޮތަކީ ޑްރަގްސް ބޭނުންކުރާ މީހުން ހައްޔަރު ކުރުމާ، ޑްރަގްސް ބޭނުންކުރާ މީހުންގެ ތެރެއިން އަދި އޭގެ ބޭރުން އަތުގައި ޑްރަގްސް ހުރެގެން އެމީހާ ހައްޔަރުކޮށްގެން އޭގެ މައްޗަށް ތަހުގީގު ހިންގާ އެމީހާ ޑްރަގް ޓްރެފިކިންއަށް ނުވަތަ ޑްރަގް ބޭނުންކުރި މީހެއްގެ ގޮތުގަ ބަލާ. ޖަލަށް ލައިގެން މިކަން ކުރަނީ. އަޅުގަނޑުމެން އެކަން ކުރަނީ ތަންކޮޅެއް ތަފާތުކޮށް. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން ގޮސް ހިފަންޖެހެނީ މި ލައިންގެ އެންމެ ކޮޅުގަ ހުރި މީހާގެ ގައިގައި ކަމަށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކުން ފަށާ މީހުން. މޭޖާ އިމްޕޯޓަރުން އަދި ސަޕްލަޔަރުން. މި މީސްމީހުންގެ ގައިގައި މިމީސްމީހުން ފަހަތުން އަޅުގަނޑުމެން ދާނީ،"

ވަޒީރު އިހްސާން

އެކަމަށްޓަކައި ގާނޫނުގައި ހުރި ”ލޫޕް ހޯލްތައް“ ދެނެގަނެ ގާނޫނު އިސްލާހު ކުރެވިފައިވާ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.