އިސްރާއީލުގެ ސިފައިން އާއްމުކުރި ފޮޓޯ/
ދުނިޔެ
02 Aug 2026 | 12:48
މީގެ 21 މަސް ކުރީން، ވީނުވީއެއް ނޭނގި ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން

ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.

އުމުރުން 22 އަހަރުގެ މަޙްމޫދު އަތަالله އަލް-ދިރިމްލީ ފެންނަ މި ފޮޓޯއިން ފެންނަނީ، އޭނާގެ ލޯބަނދެ، ބިޑިއަޅުވާފައި ވަނިކޮށް އިސްރާއީލުގެ ދެ އަންހެން ސިފައިންގެ މެދުގައި ބައިންދާފައެވެ. މި ފޮޓޯއާއެކު އޭނާ ދިރިހުރިކަން ކަށަވަރުވީ ނަމަވެސް، އޭނާ މިހާރު ހުރި ތަނަކާއި، ސިއްހީ ހާލަތާއި އަދި އޭނާއާ މެދު އަމަލުކުރަމުންދާ ގޮތްތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މަޙްމޫދު ގެއްލިފައިވަނީ 2 ނޮވެމްބަރު 2024 ގައެވެ. އޭނާ ގެއްލުނީ ނެޓްޒާރިމް ކޮރިޑޯ މަގުން ޣައްޒާ ސިޓީއަށް އެނބުރި ދާން އުޅުމުގެ ތެރޭގައެވެ. އެއީ ޣައްޒާގެ އުތުރާއި ދެކުނު ވަކިކުރާ ސަރަހައްދު އިސްރާއީލު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ވަގުތެކެވެ.

އަނަޑޯލޫ އެޖެންސީއަށް މައުލޫމާތު ދެމުން މަޙްމޫދުގެ މަންމަ ބުނީ، މީގެ ކުރިން ރެޑް ކްރޮސް މެދުވެރިކޮށް އޭނާ ހޯދަން ކުރި އެއްވެސް މަސައްކަތަކުން ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.

"އެ ފޮޓޯ ފެނުމުން އޭނާ ދިރިހުރިކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނު. އެކަމަކު އޭނާގެ ލޯބަނދެ ބިޑިއަޅުވާފައި ހުރި މަންޒަރު ފެނުމުން ހިތް ކުދިކުދިވި،" އޭނާ ބުންޏެވެ.

އަދި އެ ފޮޓޯ އާންމުކުރުމަކީ އޭނާގެ ދަރިފުޅަށް ލިބުނު ދެރައެއް ނޫން ކަމަށާއި، އެއީ އެ ފޮޓޯ ނަގައި އާންމުކުރި ބައެއްގެ ދަށުދަރަޖަ ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

މަޙްމޫދުގެ ބޭބެ އަހުމަދު ބުނިގޮތުގައި، ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފެނުނު މި ފޮޓޯއަކީ އުންމީދުގެ ހުޅުކޮޅެއް ކަމަށެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މަޙްމޫދު ހުރި ތަނެއް ހޯދައިދިނުމަށް ގޮވާލާފައެވެ.

ފަލަސްތީނުގެ ގައިދީންގެ ކްލަބުން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް އިސްރާއީލުގެ ޖަލުތަކުގައި 9,400 އަށްވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައި އެބަތިއްބެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕްތަކުން ބުނާ ގޮތުގައި، ޣައްޒާއިން ހައްޔަރުކުރި އެތައް ސަތޭކަ ބައެއްގެ މައުލޫމާތާއި، އެމީހުން ބަންދުކޮށްފައި ތިބި ތަނެއް އަދި ސިއްހީ ހާލަތު އިސްރާއީލުން ހާމަނުކޮށް ހިފަހައްޓަމުންދާތީ އެމީހުންގެ އާއިލާތައް ވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.