ޒަޔާން، ނަބާހާ އަދި ނަބީހާ -- ފޮޓޯ/ރިވައިވަލް ސްޕޯޓްސް
ހަބަރު
24 Nov 2025 | 10:00
ބޮޓްސްވާނާ މުބާރާތުން ރާއްޖެއަށް ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް މުބާރާތުން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުުގެ ކުޅުންތެރިން ރިހި މެޑައްޔަކާއި ލޯ މެޑައްޔެއް ހޯދައިފިއެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ރުހުމާއިއެކު ކުރިޔަށްގެންދާ މިމުބާރާތުގައި ވާދަކޮށް މެޑަލް ހޯދާފައިވަނި ރިވައިވަލް ސްޕޯޓްސް ކުލަބަށް ނިސްބަތްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަދި ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ.

އެގޮތުން އަންހެން ޑަބަލަސްއިން ނަބީހާ އާއި ނަބާހާގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދާފަަައެވެ. މި މުބާރާތުގެ ފައިނަލްގައި 2-1 ސެޓެން ނަބީހާ އާއި ނަބާހާ ބަލިވީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހާނިޓާ ޝޯލްޓްޒްއާ  ވާދަކޮށެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-19، 13-21 އަދި 15-21 އިންނެވެ.

މީ ނަބީހާ އާއި ނަބާހާ ޕެއާއަށް އެފްރިކާ ޓުއާގައި ލިބުނު ދެވަނަ ރިހި މެޑަލްެެއެވެ. މީގެކުރިން މިމަހު ކުރިޔަށް ދިޔަ ޒެމްބިޔާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ ފައިނަލްގައި ވާދަކޮށް ވެސް ސީދާ ދެ ސެޓުން، 21-16 އަދި 21-14 އިން، ރިހި މެޑަލް ހާސިލު ކޮށްފައިވެއެވެ.

ބޮޓްސްވާނާ މުބާރާތުގެ މިކްސްޑަބަލް ގައި ވާދަކޮށް ޒަޔާން އާއި ނަބާހާގެ ޕެއާއިން ވަނީ ލޯ މެޑަލް ކާމިޔާބު ކޮށްފައެވެ. މިޕެއާ ދެކުނު އެފްރިކާގެ ރޮބާޓްސް ސަމާސް އާއި އެމީގެ ޕެއާއާއި ސެމީފައިނަލް ގައި ވާދަކޮށް 21-15 އަދި 12-21 އިން ވަނީ ބަލިވެފައެވެ. ނަމަވެސް މިޕެއާ އިން ވަނީ މިމަހު ކުރިޔަށްދިޔަ ޒެމްބިޔާ މުބާރާތުން ރަން މެޑަލް ހާސިލުކޮށްފައެވެ. 

މިކުޅުންތެރިން ދެންވާދަ ކުރާނީ ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ނޮވެމްބަރު 27 އިން 30 އަށް ބޭއްވޭ މެޗުތަކުގައުވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.