ސްރީލަންކާގެ އަވަށެއްގައި ފެންބޮޑުވެފައި.. ފޮޓޯ: އޭއޭ
ހަބަރު
27 Nov 2025 | 23:43
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ސްރީލަންކާގައި 31 މީހަކު މަރުވެއްޖެ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގާދިޔަ ހާދިސާތަކުގައި އެކި ހިސާބުތަކުން 31 މީހަކު މަރުވެއްޖެއެވެ.

ލަންކާ މީޑިއާތަކުން ބުނީ ސްރީލަންކާގެ އެކި ހިސާބުތަކަާށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އެޤައުމުގެ އެކި އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. މިގޮތުން ހިނގާދިޔަ ހާދިސާތަކުގައި 31 މީހުން މަރުވެފައިވާއިރު، 15 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގިގެއްލިފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ހާލުގައި ޖެހުމުން މިހާރުވެސް 4،000 ގިނަ ފަރަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަކީ ބެޓިކޯލާ ޑިސްޓްރެކްޓެވެ. އެ އަވަށަށް 300 މިލިލީޓަރުގެ ވާރޭ ވެހުނުއިރު، މިއީ އަދި މި ފަހުގެ ތާރީހެއްގައި ރެކޯޑެކެވެ. 

ބޭ އޮފް ބެންގާލްގައި ނުރައްކާތެރި ތޫފާނެއް އުފެދިފައިވާއިރު، މި ތޫފާން ވަނީ އޮތީ ބެޓިކޯލާ އާ ނިސްބަތުން ކައިރީގައެވެ.

މޫސުން ގޮސްވެފައިވާއިރު، ސްރީލަންކާ ސަރުކާރުން ވަނީ މާދަމާ ކިޔެވުން ބަންދުކޮށް އާއްމު ދަތުރުފަތުރުގެ ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ނޫން އެހެން ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް