ސްރީލަންކާގައި އުޅޭ އިންޑިއާގެ ބައެއް ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އެއާފޯސް ބޯޓަށް އަރަންގޮސް.. ފޮޓޯ: އިންޑިއަން އާމީ
ދުނިޔެ
30 Nov 2025 | 20:03
ސްރީލަންކާގައި ތިބި އިންޑިއާގެ 300 ރައްޔިތަކު އަނބުރާ ޤައުމަށް

ސްރީލަންކާގައި ތިބި އިންޑިއާގެ 300 އަށްވުރެ ގިނަ ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފިއެވެ.

ލަންކާއަށް އެރި ތޫފާން ދިތުވާއާ ގުޅިގެން އެމީހުން އަނބުރާ އިންޑިއާއަށް ގެންގޮސްފައިވަނީ އިންޑިއާ އެއާފޯސްގެ ބޯޓެއްގައެވެ. ގެންދިޔަ މީހުންގެ ތެރޭގައި ވަރަށް ގިނަ އަހަރުވަންދެން ލަންކާގައި އެކި ބޭނުންތަކުގައި އުޅެމުންއައި މީހުން ހިމެނެއެވެ.

ލަންކާއަށް އެރި ތޫފާނުގެ ސަބަބުން އަސަރުކުރި އިންޑިއާ ރައްޔިތުން ފޮނުވާލުމުގެ މަސައްކަތް ދެ ޤައުމުން ގުޅިގެން ފެށީ އިއްޔެގެ ވަގުތެއްގައެވެ.

ސްރީލަންކާގައި އުޅޭ އިންޑިއާގެ ބައެއް ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އެއާފޯސް ބޯޓުގައި. ފޮޓޯ: އިންޑިއަން އާމީ

ތޫފާން ދިތުވާގެ ސަބަބުން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަމަލީގޮތުން އެންމެ ފުރަތަމަ ކާބޯތަކެއްޗާއި ވަސީލަތްތައް ހަދިޔާކުރީ އިންޑިއާއިންނެވެ. އެޤައުމުން ފޮނުވާލި ފުރަތަމަ ޝިޕްމަންޓްގައި 12 ޓަނުގެ ތަކެތި ހިމެނެއެވެ. އިންޑިއާގެ މިލިޓަރީ އެއާ ފްލީޓް C-130 ގައި ލަންކާއަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ބްލޭންކެޓާއި، ސަތަރި، ހައިޖީން ކިޓް، އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗެވެ.

މީގެ އިތުރުން ރޭ އިންޑިއާއިން ވަނީ ބޭހާއި، މެޑިކަލް ސާމާނު ފޮނުވާފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ގިނަ އަވައްތަކެއް ފެނުއަޑީގައި އޮތްއިރު، މިހާތަނަށް 2012 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.