ޕާކިސްތާނުގެމިލިޓަރީ ކާގޯ ފްލައިޓެއް.. ފޮޓޯ:އޭޕީ
ދުނިޔެ
02 Dec 2025 | 16:24
ޕާކިސްތާނުން ފޮނުވާ އެހީ އަވަހަށް ލިބެން އޮތީ ލަންކާ ސަރުކާރުން އިންޑިއާ އާ ވާހަކަދައްކައިގެން: ލަންކާގެ އިދިކޮޅު އެމްޕީ

ޕާކިސްތާނުގެ މަތިންދާބޯޓުތަކަށް އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ލުއި އުސޫލްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ސްރީލަންކާ ސަރުކާރުން ވާހަކަ ދައްކަންޖެހޭކަމަށް ލަންކާގެ ޤާނޫނު ހަދާމަޖިލީހުގެ އިދިކޮޅު މެމްބަރަކު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އިދިކޮޅަށް ނިސްބަތްވާ މެމްބަރެއްކަމަށްވާ މުޖީބު ރަހްމާން ވިދާޅުވީ ޕާކިސްތާނުން ސްރީލަންކާއަށް ފޮނުވާ އެހީގެ ތަކެތި ލިބެން އޮތީ، ޕާކިސްތާނުގެ ފްލައިޓްތަކަށް އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންކުރެވިގެންކަމަށެވެ.

ޕާކިސްތާނާ އިންޑިއާ ސަރުކާރާ ދެމެދު މިއަހަރުގެ މެއިމަހުގެ ތެރޭގައި ހިނގާދިޔަ ހަމަލާ ބަދަލުކުރުންތަކަށްފަހު އެއްޤައުމު އަނެއް ޤައުމަށް، އެ ޤައުމެއްގެ ވައިގެ ސަރަހައްދު ބޭނުންކުރުން އޮތީ ހިފަހައްޓާފައެވެ. އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންނުކޮށް ސްރީލަންކާއަށް އެހީގެ ތަކެތި ހިފައިގެންދާ ޕާކިސްތާނުގެ މަތިންދާބޯޓުތަކަށް ދިގު ދަތުރެއް ކުރަންޖެހޭއިރު، ޕާކިސްތާނުން ވަނީ އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަކަށް އިއްޔެ އެދިފައެވެ. މިކަމާ ގުޅިގެން ޕާކިސްތާނުން ވަނީ 6 ގަޑިއިރުގެ ހާއްސަ ހުއްދައެއް ދީފައެވެ. 

މިކަމާ ގުޅޭގޮތުން އެމްޕީ މުޖީބު ރަހްމާން ވިދާޅުވީ ކުއްލި ހާލަތުގައި ސްރީލަންކާއަށް އެހީވުމަށް ޕާކިސްތާނުގެ ބޯޓުތަކަށް އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ ރަނގަޅު އުސޫލަކުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ 6 ގަޑިއިރުގެ މުއްދަތަކީ މި ބާވަތުގެ ކަމަކަށް ކުރު ވަގުތެއްކަމަށާއި، އެގޮތުން އެންމެ އަވަސްވެގެންވެސް ޕާކިސްތާނުގެ ރާވަލް ޕިންޑީން ސްރީލަންކާއަށް ދަތުރުކުރުމަށް 4 ގަޑިއިރާ 30 މިނެޓް ހޭދަވާކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ސްރީލަންކާ ސަރުކާރުން އިންޑިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަންޖެހޭކަމަށް ގަބޫލުކުރާ ކަމަށެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ ސްރީލަންކާއަށް އެހީގެ ތަކެތި ގެންދިއުމަށް އިންޑިއާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަމަށް ބުނެ ވާހަކަ ދައްކާފައެވެ. ހާރިޖިއްޔާއިން ބުނީ، ކުއްލި ހާލަތުގައި ޕާކިސްތާނުގެ އެއާފޯސްއަށް ނިސްބަތްވާ ބޯޓެއް އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުމުން ޝަރުތުތަކާއެކު އެ ބޯޓަށް ހުއްދަ ދީފައިވަނީ 60 ގަޑިއިރު ފަހުންކަމަށެވެ. އެގޮތުން ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ މި މައްސަލާގައި އިންޑިއާ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.