މިޞްރުގެ ކެޕްޓަން ޞަލާހު އަދި އީރާންގެ ކެޕްޓަން މެހެދީ ޓަރޭމީ / ފޮޓޯ:ބީބީސީ
ކުޅިވަރު
11 Dec 2025 | 08:46
ވޯލްޑް ކަޕް 2026: އެލްޖީބީޓީ ޕްރޮމޯޓް ކުރަން ސަޕޯޓަރުންނަށް ފުރުސަތު ނުދިނުމަށް އިރާނާއި މިސްރުން ފީފާގައި އެދިއްޖެ

އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އިރާނާއި މިސްރުން ކުޅޭ މެޗުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރާ "އެލްޖީބީޓީ" ޕްރޮމޮޓުކުރުމަށް އެއްވެސް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދިނުމަށް އެ ދެ ގައުމުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގައި އެދިއްޖެ އެވެ.

ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ މުޅި ދުނިޔޭގައި ވެސް ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު މުބާރާތެވެ. މުޅި ދުނިޔޭގެ ހުރިހާ ބައްރަކުން ޓީމުތައް ބައިވެރިވެގެން ކުޅޭ ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ހަމަ އެކަނި މުބާރާތް ވެސް މެ އެވެ.

މީގެ 95 އަހަރު ކުރިން ބާއްވަން ފެށި މި މުބާރާތުގެ 48 ވަނަ އެޑިޝަން އަންނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި މުބާރާތަކީ މުޅި ދުނިޔެ ވެސް ގަބޫލުކުރާ ފެންވަރުގެ މުބާރާތަކަށް ހެދުމަށް ފީފާއިންނާއި މުބާރާތުގައި ވާދަކުރާ ގައުމުތަކަކުން ވެސް ބޭނުންވެ އެވެ.

ކަންމިހެން އޮތް ނަމަވެސް އިންސާނީ ހައްގުގެ ނަމުގައި ބައެއް ގައުމުތައް ހިމެނޭހެން އުފައްދާފައިވާ ލެސްބިއަން، ގޭ، ބައިސެކްޝަލް އަދި ޓްރާންސްޖެންޑަރ (އެލްޖީބީޓީ+) ގެ ހަރަކާތްތައް މިފަދަ މމުބާރާތްތަކާއި ދިމާކޮށް ޕްރޮމޯޓު ކުރުމަށް އަންނަނީ މަސައްކަތްކެއް ކުރަމުންނެވެ.

އިންސާނީ ހައްގެއްގެގޮތުގައި އެލްޖީބީޓީ+ ކުރިއަރުވާ ގައުމުތައް ދުނިޔޭގައި ގިނަވަމުން އަންނައިރު، މި ހަރަކާޓް އެންމެ ބޮޑަށް ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ މުޅި ދުނިޔެ ސާމިލްވާ ބޮޑެތި އިވެންޓު ތަކުގައި އެވެ. އެގޮތުން ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރަތަކީ އެފަދަ މީހުންގެ އަމާޒަކަށް ވަނީ ވެފަ އެވެ. އެގޮތުން އަންްނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވެސް އެލްޖީބީޓީ ހަރަކާތް ޕްރޮމޮޓުކުރުމަށް ދުރާލައި އަންނަނީ ތައްޔާރުވަމުންނެވެ.

މިކަމާއި ގުޅިގެން އިރާން އަދި މިސްރުގެ އިސް އޮފިޝަލުންތަކެއް އިސްނަގައިގެން މިފަދަ އަމަލުތައް ހުއްޓުވުމަށް އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. އެ ދެ ގައުމުން ވަނީ މިކަން ހުއްޓުވައިދިނުމަށް އެދި ފީފާއަށް ސިޓީއެއް ވެސް ފޮނުވާފައި އެވެ.

އިރާން އަދި މިސްރުން ފީފާއަށް ފޮނުވި ސިޓީގައި ބުނީ އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކަކުން ވެސް ބައިވެރިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ފެސްޓިވަލް ކަމަށާއި އަދި އެފަދަ މުބާރާތެއްގެ ތެރެއިން އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރާ "އެލްޖީބީޓީ" ހަރަކާތް ޕްރޮމޯޓް ކުރުމަށް ފުރުސަތު ދިނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.

އެހެން ކަމުން މި މުބާރާތުގައި އިރާން އާއި މިސްރުން ކުޅޭ މެޗުތަކުގައި މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް އެ ހަރަކާތް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ނުދިނުމަށް ފީފާ އަށް ފޮނުވި ސިޓީގައި ވަނީ އެދިފައި އެވެ.

އަދި އެ ދެގައުމުން ކުޅޭ މެޗުތަކުގެ އިތުރުން އެހެން މެޗުތައް ކުރިޔަށްދާ އިރުވެސް އެފަދަ ހަރަކާތްތައް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ސަޕޯޓަރުންނަށް ނުދިނުމަށް ވެސް ސިޓީގައި އެދިފައި ވެ އެވެ.

ވޯލްޑް ކަޕްގައި އިރާން އާއި މިސްރުން ކުޅޭ މެޗުތަކުގައި އެލްޖީބީޓީ ހަރަކާތް ޕްރޮމޯޓު ކުރުމަށް ފުރުސަތު ނުދިނުމަށް އެދި އެ ދެގައުމުން ފީފާއަށް ގޮވާލާފައިވާއިރު، އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު މުބާރާތުގައި ވެސް އެލްޖީބީޓީ ޕްރޮމޯޓުކުރުމަށް އެއްވެސް ހަރަކާތެއް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.