އެމްޑީޕީއަށް 14 އަހަރު: ދެ ރައީސުން ދިދަ ނަންގައިވައި ދެއްވައިފި
 
                            ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ފާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމީޔާތެއް ބާއްވައިފިއެވެ.
ދިދަ ނަންގަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.
މިއަދު ހެނދުނު ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗްކުރިމަތީގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި ދިދަ ނެގުމު ރަސްމީޔާތުގައި އެމްޑީޕީގެ ލީޑާޝިޕްގެ އިސްބޭފުޅުން ބައިވެރިވަޑައިގެންފައިވެއެވެ.
އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގަ އެވެ. އެމްޑީޕީއަކީ ރާއްޖޭއަށް ޑިމޮކްރަސީ ގެނައުމަށާއި، އިންސާނީ ހައްޤައް ފެށުނީއްސުރެން ވަކާލާތުކުރަމުންއަން ޕާޓީއެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists
 
           
           
           
           
           
           
           
           
           
           
           
           
           
           
           
           
          