ޢިލްމުވެރީންގެ ގުޅުމުން ސިޓީ ފޮނުވި އިދާރާތަކުގެ ވެރީން
ހަބަރު
21 Dec 2025 | 11:59
ރަށްތަކުގައި ކްރިސްމަސް ފާހަގަކުރުން ހުއްޓުވައިދޭން އިލްމުވެރީންގެ ގުޅުމުން އިދާރާތަކުގައި އެދިއްޖެ

ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ދުވަސްތައް ފާހަގަކުރުން ހުއްޓުވައިދެއްވުމަށް ޤާނޫނީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކަށް ސިޓީ ފޮނުވައިފި އެވެ.

ކަމާގުޅޭ އިދާރާތަކަށް ޢިލްމުވެރީންގެ ގުޅުމުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިވެހީންނަށް މާތް ﷲ ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިތިބިމުގެ ނިޢުމަތްކަމާ މެދު ޝައްކެއް ނެތް ކަމަށާ އަދި، އެގޮތުގައި ތިބޭތާ 900 އަހަރުވާން ބާކީ އޮތީ މަދު ދުވަސްތަކެއްކަން ހަނދުމަކޮށް، ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މި ޤައުމު އިސްލާމީ ޤައުމެއްގެ ގޮތުގައި ފޯރުކޮށް ދެއްވުމަށް ޓަކައި ކުރެއްވި ބުރަ މައްސައްކަތުގެ އަގުވަޒަންކޮށް، އެކަމަށް ޝުކުރުވެރިވުމަކީ މިއަދު ދުނިޔޭގައި ދިރިތިބި ދިވެހީންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ދީނީ އަދި ޤައުމީ ވާޖިބު ކަމަށެވެ.

ނަމަވެސް، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ފުދުންތެރި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމުގެ ބޭނުމުގައި ތަޢާރަފުކުރެވުނު ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަބަބުން ދިވެހީންގެ އިސްލާމްވަންތަކަމާއި އިސްލާމީ ޝިޢާރުތަކާ ޚިލާފު ކަންކަން ދިވެހި މުޖުތަމަޢު ތެރެއަށް - ޚާއްޞަކޮށް ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި - ފޭދެމުން އަންނަކަމީ ކަންބޮޑުވާންޖެހޭ މަސައްލައެއް ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް ފާހަގަކުރައްވަމުން ގެންދަވާ ކަމަކީ، ޣައިރު ދީންތަކުގެ ޝިޢާރުތައް ފާޅުކުރާ މައްސަލަ ކަމަށާ އެގޮތުން، ނަޞާރާއިންގެ ކްރިސްމަސް ފާހަގަކުރުމާއި، ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ކަންކަން ކުރިއަށް ގެންދިއުމާއި، މާތްﷲ އަށް ޝިރުކުކުރުމުގެ ގޮތުން ކުރެވޭ ބާޠިލު އެހެނިހެން ކަންކަން ކޮންމެ އަހަރަކު ކުރިއަށް ދާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އަދި މިކަމުގައި އެންމެ ނުރައްކާތެރި އެއް ކަމަކީ، މިފަދަ ކަންކަން ކުރާއިރު ދިވެހި މުވައްޒަފުން ވެސް އެކަންކަމުގައި ބައިވެރިކުރުވައިގެންނާއި ޢާންމުން ދިރިއުޅޭ ރަށްތަކުގައި އެކަންކަން ކުރިއަށްގެންދިއުން ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޣައިރު މުސްލިމުންގެ އެފަދަ އިޖްތިމާޢުތައް ކުރިއަށްދާ ތަންތަނަށް ޒިޔާރަތްކުރުމާއި އެފަދަ ކަންކަމުގައި އެއްވެސް ގޮތަކުން ބައިވެރިވުމާއި ހިތްވަރުދީހެދުމަކީ ކުފުރުގެ ޢަމަލެއް ކަމުގައި ވީހިނދު، އެއީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ދަލީލާއެކު އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

“އިބްނުލް ޤައްޔިމް (رحمه الله) ވިދާޅުވެފައިވެއެވެ, މުޝްރިކުންގެ ޢީދުތަކުގައި ބައިވެރިވުން މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިންގެ ތެރެއިން އެކަމުގެ އަހުލުވެރި ބޭފުޅުންގެ އިއްތިފާޤުވެފައިވެއެވެ. މިކަން ހަތަރު މަޛްހަބުގެ ފިޤުހު ޢިލްމުވެރިން އެބޭފުޅުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި (އަލްއިމާމު) އަލްބައިހަޤީ ޞައްޙަ ސަނަދަކުން، މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: 'މުޝްރިކުންގެ ޢީދު ދުވަހު އެމީހުންގެ ފައްޅިތަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އެހެނީ (އެވަގުތަކީ) އެމީހުންގެ މައްޗަށް (މާތް ﷲގެ) ކޯފާ ފައިބާ ވަގުތެކެވެ'. އަދިވެސް ޢުމަރުގެފާނު ވިދާޅުވިއެވެ: 'ﷲގެ ދުޝްމަނުންގެ ޢީދުތަކުގައި އެމީހުންނާ ދުރުހެލިވެ ތިބޭށެވެ,” ސިޓީގައި ވެ އެވެ.

މީގެ އިތުރުން މިދަފަ ކަންކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަންކަން ކަމުގައިވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 9ވަނަ މާއްދާގެ (ހ) އާއި، 10ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 16ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ)ގެ (6)ވަނަ ނުކުތާއާއި، 27ވަނަ މާއްދާއާއި، 67ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި، 70ވަނަ މާއްދާގެ (ށ) ގެ (2)ވަނަ ނުކުތާއާ ތަޢާރަޟުވާ، އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 6/94)ގެ 1ވަނަ މާއްދާ (ފެށުން) އާއި، 35ވަނަ މާއްދާ (މަނާކަންތައް)ގެ (ނ)ގެ (5)ވަނަ ނުކުތާއާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު (75/4)ގެ 4ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، އިސްލާމް ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ ގަރާރާއި އެ މަޖްލީހުގެ ފަތުވާއާ ވެސް ޚިލާފު ކަންކަން ކަމުގައި ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

ވީމާ، މާތްﷲ އަށް ދަރިކަލަކު ނިސްބަތްކުރުމުގެ ފާފަވެރި ދޮގުގެ މައްޗަށް ބިނާކޮށް ނަޞާރާއިން ފާހަގަކުރާ ކްރިސްމަސްގެ ޝިރުކުގެ ޢަމަލުތައް، މި ޑިސެންބަރު މަހުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށާއި، އެކަންކަމުގެ ތެރޭގައި ދިވެހިން ވެސް ބައިވެރިކުރުވަން މަސައްކަތްކުރެވޭކަން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން، ތިޔަ ބޭފުޅުންގެ ސަމާލުކަމަށް ގެންނަ ކަމަށް ސިޓީގައިވެ އެވެ.

އަދި އެކަންކަން ނުކުރުމަށާއި، އެކަންކަންމުގައި ދިވެހީން ބައިވެރިކުރިޔަ ނުދިނުމަށް ޓަކައި، ދީނީ ގޮތުންނައި ޤާނޫނީ ގޮތުން އެ ބޭފުޅުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވާޖިބުތައް ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ދީނީ ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކުރާ ކަމަށާ ޢާންމުންނަށް ފެންނާނެހެން ފާޅުގައި އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވައިދެއްވައި އެކަންކަން ހުއްޓުވައިދެއްވުން ވަނީ އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.