އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
23 Dec 2025 | 18:49
ނަޝީދު ވާހަކަ ދެއްކެވީ ބަނގުރަލާއި އޫރުމަސް ވިއްކުމަށް ހިތްވަރުލިބޭ ގޮތަށް: އަދާލަތު

ފަތުވެރިކަމާ ގުޅޭގޮތުން ކ. މާފުށީގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަށް ހިތްވަރުލިބޭ ގޮތަށް ދެއްކެވި ވާހަކަތަކާ ގުޅިގެން، ކަންބޮޑުވުން ފާޅުކޮށް، އެވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ޢަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަނގުރަލާއި އޫރުމަހަކީ ކީރިތި ޤުރުއާނުގެ ޤަތުޢީ ދަލީލުތަކުން ނަހީކުރައްވާ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ތަކެތި ކަމަށެވެ. އެކަމުގެ ދަލީލުތައް ބަޔާންކޮށްފައިވެ އެވެ.

އެ ޕާޓީން ބުނީ ބަނގުރަލާއި އޫރުމަހަކީ މާތް الله  ޙަރާމް ކުރައްވާފައިވާ އެއްޗެއް ކަމުން އަހަރުމެން މުސްލިމުންނަށް އެއިން މަންފާ ޙާޞިލު ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ވިއްކައިގެން ލިބޭ އާމްދަނީއަކީ ވެސް އިސްލާމީ ޝަރީޢަތުގައި ޙަރާމް އެއްޗެއް ކަމަށެވެ. އެކަމުގެ ސާފު ދަލީލުތައްވެސް ބަޔާން ކޮށްފައިވެ އެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ޒަމާނުއްސުރެ މިފަދަ ތަކެތި ވިއްކަމުން އައުމަކީ، އާންމު ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި މިފަދަ މުންކަރާތްތައް ޢާއްމުކުރުމަށްވާ ޙުއްޖަތެއް ނޫން ކަަމަށާ މިފަދަ ތަކެތި ޢާއްމުކުރުމާއި ޢާއްމުކުރުމަށް ގޮވާލުމަކީ އިސްލަމީ ޝަރީޢަތުގައި ޙަރާމްކަމެއް ކަމަށްވެސް ގިނަ އަދަދެއްގެ ދީނީ އިލްމުވެރީންގެ ބައިވެރިވުން އޮވެގެން އުފެއްދި އަދާލަތުގެ ބަޔާނުގައިވެ އެވެ.

"...އެހެންކަމުން، ރައީސް ނަޝީދު، މީހުން ދިރިއުޅޭ ރަށްރަށުގައި އެކަންކަން ކުރުމަށް ހިއްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކައަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. އަދި ކިއެއް އެއީ އިސްލާމީ ޝަރީޢަތާއި، ދިވެހި ސަގާފަތާ ކަނޑައެޅިގެން ޚިލާފު ވާހަކަތަކެއް ކަމުގައި ވީހިނދު، އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށާއި އެކަމުން ތައުބާވެ ދިވެހިރައްޔިތުންގެ ކިބައިން މާޢާފަށް އެދުމަށް ވެސް ގޮވާލަމެވެ," އަދާލަތުގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.