މިރޭ އޮތް ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު
24 Dec 2025 | 01:20
އެއާޕޯޓް ނާޅާ އެއާ ސްޓްރިޕް އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަނީ

ގިނަ އެއާޕޯޓް ނާޅާ އެއާ ސްޓްރިޕް އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ބައިވެރިވި ޒުވާނުން ވަނީ ގިނަ އެއާޕޯޓްތަކެއް އެޅުމުން އެކަމުން ދައުލަތަށް ވަރަށް ބޮޑު މާލީ ބުރައެއް އޮތްކަން ފާހަގަ ކުރައްވާފަ އެވެ. އެކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާނުން ފާހަގަކުރީ އެއާޕޯޓް އެޅުމުގެ ބަދަލުގައި ސީޕްލޭން އޮޕަރޭޝަން ފުޅާކުރުމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ސީޕްލޭން އޮޕަރޭޝަން ރޭގަނޑު ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެހެން ކަމުން ދެން ކުރެވޭނެ ކަމަކާމެދު ވާހަކަ ދައްކާ މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ބޮޑެތި ރަށްރަށާއި ބިން އޮތް ރަށްރަށުގައި އެއާ ސްޓްރިޕް އެޅުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި 600 މީޓަރުގެ އެއާ ސްޓްރިޕެއް އަޅައިގެން ދަތުރުކުރެވޭނެ ކަމަށެވެ. 

"އޭރުން ނުޖެހޭ އެއާޕޯޓް ހަދާކަށް. އޭރުން ވަރަށް ގިނަ ރަށްތަކުގައި މަތީން ގޮސް ޖައްސަންވީ," ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު 20 އެއާޕޯޓް ދަނީ އޮޕަރޭޓް ކުރަމުންނެވެ. މުޅީން އަލަށް ހަތަރު ފަސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. އިތުރު އެއާޕޯޓްތައް އެޅުމަށްވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.