ނަޝީދާއި ޞާލިޙްގެ ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ އެމްޑީޕީ
ހަބަރު
24 Dec 2025 | 13:09
އޭރު ވީ ވެގެންވާނެ ކަމެއް ނޫން؛ އެއީ ދެކެވެންހުރި ވާހަކަތައް ނުދެއްކީމާ ވީގޮތް: ދެ ރައީސުން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އައިއިރު އެމްޑީޕީގެ ތެރޭގަޔާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއާ ދެމެދު ހިނގާފައިވާ ކަންކަމަކީ ހިނގައިގެން ނުވާނެ ކަންކަން ކަމަށް އެ ދެރައީސުން ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދުއާއި ރައީސް ޞާލިޙް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެބަސްވުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އޭރުގައި ދިމާވި ކަންތައްތަކަކީ ވެގެން ވާނެ ކަންކަމެއް ނޫން ކަމަށާ، އެހެން އެކަން ދިމާވީ ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ދިއައީމަ ކަމަށެވެ.

އަޅުގަނޑަށް ހީވަނީ 2023 އާ ހަމައަށް އައިއިރުގައި އެއީ ވެގެންވާނެ ކަމެއް ނޫން އެ ވެދިޔައީކީ. އަޅުގަނޑުހިތުން އޭރު އަޅުގަނޑުމެންނަށް ދެކެވެންހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމަ އެ ހިސާބަށް ދިޔަކަމަށް ގަބޫލު ކުރެވެނީ. އެހެންވީމާ ދެން އެކަހަލަ ކަމެއް ދިމާ ނުވާގޮތަށް އަޅުގަނޑުމެންނަށް އެއަށްވުރެ ކައިރިން ވާހަކަތަކެއް ދެއްކިއްޖެއްޔާ އެކަހަލަ ލޮޅުމެއް ނާރާނެ

ރައީސް ޞާލިޙް

އެ ހަމަނުޖެހުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭރު އެމަނިކުފާނާއި ރައީސް ޞާލިހް ހުންނެވީ ދައުލަތުގެ ދެ ބާރުގެ ގޮތުގައި ކަމަށެވެ.

ދެން ގާނޫނު އަސާސީ ސިފަ ކޮށްފަ އޮންނަ ގޮތެއްވެސް އޮވޭ. އަދި ދިވެހި ރައްޔޮތުން ބާރުތައް ވަކިކުރާ ވާހަކަ ދެއްކި މިންވަރުވެސް އަޅުގަނޑުމެން ދެމީހުން ވަރަށް ރަނގަޅަށް ހަނދާންހުރޭ. އެހެންވީމާ އަޅުގަނޑުމެން ދެމީހުންނަށްވެސް ވިސްނޭ ދެ ބާރުކަން މިއީ.

ރައީސް ނަޝީދު

”އެހެންވީމާ ތިހާ ބައިވަރު ހަމަނުޖެހުން ތަކެއް. ތިހާ ބައިވަރު ހަމަ ނުޖެހުންތަކެއް އަދި އޮތްކަމަށް އެހެން ކުއްލިއަކަށް ދެކެން އަޅުގަނޑަށް އުނދަގޫވެސްމެ“ ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުން ކުރަމުންދިޔަ ކަންކަމަށް ރައީސް ޞާލިޙު ”ކުޑަކޮށްވެސް ހުރަސް ނާޅުއްވާ ކަމަށާ“ އެމަނިކުފާނަކީވެސް ދިގު ބަރުލަމާނީ ޙަޔާތެއް ވޭތުކުރެއްވި ބޭފުޅެއް ކަމަށެވެ. 

ދެން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންކަމަށް މަޖިލީހުން އެޅެން އޮތް މިންވަރަކަށް ހުރަސްއެޅުން އެއީ ގާނޫނު އަސާސީ ސިފަކޮށްފައި މި އޮތް ގޮތަކީ. 

ރައީސް ނަޝީދު

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ކަންކަމަކީ އެދެބޭފުޅުންގެ ޒާތީ ކަމެއްގެ ދެކުމަކީ އެދިލައްވާ ކަމެއް ނޫން ކަމަށާ، އަދި ކަންކަން ދިޔައީ އެހެން ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ. 

”ޒާތީ ނަމަ އަޅުގަނޑުމެން ދެމީހުން ދޭތެރޭގައި ވަރަށް ބައިވަރު ވާހަކަ ހުންނާނެ.“ ނަޝީދު ވިދާޅުވިއެވެ.  

ނަޝީދު ވިދާޅުވީ، އެ ދެރައީސުން މިހާރު ތިއްބެވީ އެއްބޭފުޅެއް އަނެއް ބޭފުޅެއްގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކާ ނުވަތަ ކިޔުއްވި ފާޑުކިޔުންތައް ފަހަތަށް ޖައްސާލުމަށްފަހުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.