ކުރީގެ ރައީސް، ނަޝީދު، ޔާމިން އަދި ސޯލިހް
ރިޕޯޓް
24 Dec 2025 | 17:40
ރައީސް ޔާމީނު، އެމްޑީޕީއާ ބަޔަތު ހިއްޕަވައިގެން ކުރިއަށްދާން ބޭނުމެއްނުވޭ؟

ވަރަށް ގިނަ ދުވަހަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މިވަނީ ބައްދަލުކުރައްވާފައެވެ. މި ދެ ބޭފުޅުންނަކީ އެމްޑީޕީ އުފެދުމުގެ މާ ކުރިންވެސް ވަރަށްގާތް ދެ ބޭފުޅުންނެވެ. އަދި އެމްޑީޕީ އުފެދުމާ ހަމައިން، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބު ދުަވަސްވަރާ ޖެހެންދެންވެސް ދެބޭފުޅުންނަކީ, ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަމުން އައި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވީ، ރައީސް ނަޝީދުއަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއަށްފަހުއެވެ.

އެ ހަމަލާއަށްފަހު މިއަދާހަމަޔަށް ދެ ބޭފުޅުން އެކުގައި ބައްދަލުވުމެއް ބާއްވާފައިވާކަމެއް އެނގޭކަށެއް ނެތެވެ. ނަމަވެސް ދުވަސްތަކަކަށްފަހު ދެ ބޭފުޅުން މިއަދު ވަނީ އެއް މޭޒުދޮށަށް ވަޑައިގެން ސިޔާސީ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެ ބޭފުޅުންވެސް ވަނީ އުފެދުނު ހިޔާލު ތަފާތުވުންތައް އެއްފަރާތުގައި ބޭއްވުމަށްފަހު އެއްގަލަކަށް އަރާވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ނަޝިދާއި ސޯލިހުވެސް ވަނީ ދެ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔަ އެ ކަންތައްތައް އެއީ ހިނގައިގެންވާނޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެ ދެރައީސުން މިހާރު ތިއްބެވީ އެއްބޭފުޅެއް އަނެއް ބޭފުޅެއްގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތަކާ ނުވަތަ ކިޔުއްވި ފާޑުކިޔުންތައް ފަހަތަށް ޖައްސާލުމަށްފަހުގައި ކަމަށެވެ.

ނަޝީދާއި ޞާލިޙްގެ ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ އެމްޑީޕީ

ރައީސް ސޯލިހް ވިދާޅުވެފައިވަނީ އޭރުގައި ދިމާވި ކަންތައްތަކަކީ ވެގެން ވާނެ ކަންކަމެއް ނޫން ކަމަށާ، އެހެން އެކަން ދިމާވީ ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ދިއުމުން ވީ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ޢަބްދުﷲ ޔާމިނާއެކު މަސައްކަތް ކުރައްވާނަންތޯ ކުރި ސުވާލުގެ ޖަވާބުގައި ކުރީގެ ދެ ރައީސުންވެސް ވިދާޅުވެފައިވަނީ ވަރަށް ޕޮޒިޓިވްކޮށް ޖަވާބުދެއްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި، ގައުމު އޮތް އެމަނިކްފާނާއެކު މަސައްކަތް ކުރައްވަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކްފާނު ރައީސް މައުމޫނާއެކު ސިޔާސީ މަސައްކަތްޕުޅު ކުރެއްވިއިރު، ރައީސް ޔާމީނާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.

ދެ ބޭފުޅުން ރައީސް ޔާމިނާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ރައީސް ޔާމިނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިކަމުގައި ނުސީދާ ގޮތެއްގައި ރައީސް ޔާމީންގެ ރަޢުޔު އޮތްގޮތް ސާފުކޮށްދެއްވާފައެވެ.

މަލީހް ކުރެއްވި ޕޯސްޓްގައި ވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރާ އެއްކޮޅަށް އަދި ދެކޮޅަށްވެސް ޒިންމާދާރުގޮތެއްގައި ހަރަކާތްތެރިވި ސިޔާސީ ޕާޓީއަކީ ޕީއެންއެފްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ޕީއެންއެފް އަދާކުރި ދައުރު އެހެން ޕާޓީތަކުންވެސް އަދާކުރަން ޖެހޭކަން ފާހަގަކުރައްވައި މަލީހް ވަނީ އެމްޑީޕީން އެންމެ ފުރަތަމަ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް ނުސީދާ ގޮތެއްގައި ރައީސް ސޯލިހް އަދި ރައީސް ނަޝީދަށް ރައްދު ދެއްވާފައިވާއިރު، ޕީއެންއެފުން ބާއްވަމުންދާ ޖަލްސާތަކުގައި ރައީސް ޔާމިނު ގެންދަވަނީ ކުރީގެ ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދަށްވެސް ދޭތެރެއަކު ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.