އުމްރާވެރިންގެ ބަޔަކާއި އެމީހުން ފުރުވަންގޮސްތިބި އާއިލާގެ ބަޔަކު ވީއައިއޭ އައު ޓާމިނަލުގައި.. ފޮޓޯ: ވޮއިސް
ހަބަރު
25 Dec 2025 | 10:40
ޑިސެމްބަރާއި ޖެނުއަރީގެ އުމްރާއަށް 7،000 ހަށްވުރެ ގިނަ މީހުން

މިއަހަރުގެ ޑިސެމްބަރުމަހާއި ކުރިއަށްއޮތް ޖެނުއަރީމަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް 7،000 ހަށްވުރެ ގިނަ މީހުން މައްކާއަށް ދަތުރުކުރާނޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ރާއްޖެއިން ގިނަ ބަޔަކު އުމްރާގެ އަޅުަކަން އަދާކުރުމަށް ދަތުރުކޮށް އުޅޭ ދުވަސްވަރެކެވެ. މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަހަރު އެކަނިވެސް ޑިސެމްބަރު އަދި ޖެނުއަރީގެ އުމްރާގެ އަޅުަކަން އަދާކުރުމަށް ގިނަ ބަޔަކު މައްކާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ މީހުން މިހަފްތާގައި ފުރާނޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރުއެކަނިވެސް ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ދާނޭކަމަށެވެ. މިފަހަރު އުމްރާއަށްދާ މީހުންގެ ތެރެއިން އަމިއްލަ ކުންފުނިތަކުގެ ބެލުމުގެ ދަށުން ދަތުރުކުރާ ބައެއް ގްރޫޕްތައް މިދިޔަ ހަފްތާގައިވެސް ވަނީ ފުރާފައެވެ. އެގޮތުން އެންމެ ފުރަތަމަ ގްރޫޕް މިމަހުގެ 21 ވަނަ ދުވަހު ފުރާފައިވާއިރު، އެންމެ ފަހު ގްރޫއްޕު ރާއްޖެއިން ފުރާނީ ޖެނުއަރީމަހުގެ 9 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިފަހަރު އެންމެ ގިނަ މީހުން އުމްރާއަށް ދިއުމަށް ފުރާނީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެއްހާހަށްވުރެ ގިނަ މީހުން ފުރާނެއެވެ.

މިފަހަރުގެ ސްކޫލް ބަންދު ޑިސެމްބަރާ ދިމާވުމުން މީގެ ކުރީއަހަރުތަކަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ