ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބު:ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Dec 2025 | 14:14
އެއްބަސްވުމުގައި ސޮއި ކޮށްފައިތިބި އެންމެނަށް ޖަނަވަރީ މަހުގައި ފުލެޓް ތަޅުދަނޑި ދެވޭނެ: ވަޒީރު

4000 ފުލެޓް ގެ އެއްބަސްވުމުގައި ސޮއި ކޮށްފައިތިބި އެންމެނަށް ޖަނަވަރީ މަހުގައި ފުލެޓް ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، ގެދޮރުވެރިކަމުގެ މަޝްރޫޢު ތަކަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށެވެ. 

އެގޮތުން 4000 ފުލެޓްގެ މަސައްކަތް ނިންމުމަށް ޚާއްސަ އިސްކަމެއް ދެވި، އެ ލިބުނު މީހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. 

ތިންކޮޓަރީގެ 2800 ފުލެޓާއި، ދެކޮޓަރީގެ 1200 ފުލެޓް އިމާރަތްކޮށް ނިމުމަކާ ހަމައަށް ވަނީ އައިސްފައި. މި 4000 ފުލެޓްގެ ތެރެއިން 3879 ފަރާތަކަށް ފުލެޓް އެއްބަސްވުންވަނީ ސޮއިކުރެވިފައި. އަދި 399 ފަރާތަކާ ފުލެޓް ތަޅުދަނޑި ހަވާލުކުރެވިފައިވޭ. އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތަކަށް އިރާދަކުރެއްވިއްޔާ  މި ޖަނަވަރީ މަސްތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިމޭނެ.

ވަޒީރު ޑރ.މުއްޠަލިބު

ފުލެޓް ހަވާލުކުރުން ލަސްވި ސަބަބެއްގެ ގޮތުގައި ވަޒީރު ވިދާޅުވީ އިމާރާތް ކުރުމުގެ އެއްބަސްވުމުގެ ތެރޭގައި ފެނާއި ނަރުދަމާއާއި ކަރަންޓް ގުޅުން ހިމެނިފައި ނުވާތީ އެ މަސައްކަތް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ މެދުވެރިކޮށް ކުރަންޖެހުމުން ކަމަށެވެ. އަދި އޭގެ އިތުރުން ލޭންޑް ސްކޭޕިން މަސައްކަތްވެސް ކުރަން ޖެހިފައިވުމުން ކަމަށް ވަޒީރު ވިދާޅުވުއެވެ. 

މި ސަރުކާރު ހަވާލުވިއިރު 4000 ފުލެޓްގެ ނިމިފައިވަނީ 32 އިންސައްތަ. މިވީ ދެ އަހަރުތެރޭގައި ބާކީ 68 އިންސައްތަ ނިންމައި އޭގެ އިތުރަށް ފެނާއި ނަރުދަމާއާއި ކަރަންޓް ގުޅުމުގެ މަސައްކަތާއި ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރުމަށްފަހު ފުލެޓްތައް ލޮބޭ ފަރާތްތަކަށް ހަވާލުކުރެވިގެން މިދަނީ

ވަޒީރު ޑރ.މުއްޠަލިބު

ދާދިފަހުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ 4000 ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ނިންމަވާފައެވެ.

އެގޮތުން، މިހާރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.