ރައީސް މުޢިއްޒު އަދި ޚާލިދާ ޒިއާ
ހަބަރު
30 Dec 2025 | 10:27
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިއާ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ހާލިދާ ޒިއާ މިއަދު އަވަހާރަވެފައިވަނީ ވަރަށްގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު ޑާކާގެ ހޮސްޕިޓަލެއްގައެވެ. އެކަމަނާ އަވަހާރަވެއްޖެކަން ބަންގްލަދޭޝްގެ ޤައުމީ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެކަމާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަރުޙޫމާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

ހާލިދާ ޒިއާ ނިސްބަތްވެ ވަޑައިގަންނަވާ ބަނގްލަދޭޝްގެ ނެޝަނަލިސްޓް ޕާޓީން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނުގައިވެސް ވަނީ އެކަމަނާ އަވަހާރަވެއްޖެކަމަށެވެ. ހާލިދާ ޒިއާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ. އެކަމަނާ އަވަހާރަވީއިރު، ގެންދެވީ ގިނަ ބަލިތަކަކަށް ފަރުވާ ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރިމަތިވި ފުރަމޭގެ މައްސަލަތަކާއި، އާތްރައިޓްސް އަދި ހަކުރުބަލި ފާހަގަކޮށްލެވެއެވެ. 

ހާލިދާ ޒިއާގެ ފުއްޕާމޭގައި އިންފެކްޝަން ހެދިގެން ބަނގްލަދޭޝްގެ އެވަރކިއާ ހޮސްޕިޓަލްގައި މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހު ވަނީ އެޑްމިޓްކޮށްފައެވެ.

ހާލިދާ ޒިއާ އަކީ ބަނގްލަދޭޝްގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ އެންމެ ފުރަތަމަ އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވެވީ 1991 ފެށިގެން 1996 އަށެވެ. އަދި ދެވަނަ ފަހަރަށް 2001 ކުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށެވެ. ހާލިދާ ޒިއާއަކީ ބަނގްްލަދޭޝްގެ ކުރީގެ ރައީސް ޒިއާއުރް ރަހްމާންގެ އަނބިކަނބަލުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.