އިންޑިއާ މިލިޓަރީ އޮޕަރޭޝަނެއްގައި... ފޮޓޯ: އިންޑިއަން ޑިފެންސް
ދުނިޔެ
01 Jan 2026 | 15:23
އިންޑިއާގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް 8.78 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ފާސްކޮށްފި

އިންޑިއާ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި 790 ބިލިއަން ރުޕީސް (ގާތްގަނޑަކަށް 8.78 ބިލިއަން އެމެރިކާ ޑޮލަރު) ގެ ދިފާއީ ސާމާނު ގަތުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ހޯމަ ދުވަހު ދީފިއެވެ. މި ހުއްދަ ދީފައިވަނީ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ރިޔާސަތު ބަލަހައްޓަވާ ޑިފެންސް އެކިއުޒިޝަން ކައުންސިލް އިންނެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، މި ބަޖެޓު ބޭނުންކުރާނީ ރާޑަރު، ރޭޑިއޯ ސިސްޓަމް، އަމާޒަށް ވާސިލުވާ ގޮވާތަކެތި، ޑްރޯން ދިފާއީ ނިޒާމުތައް އަދި ދުރު ރާސްތާގެ ފާރަވެރިވުމުގެ މިޝަންތަކަށް ބޭނުންކުރާ އުޅަނދުތައް ގަތުމަށެވެ. މިއީ ޒަމާނާ، މިސަރަހައްދަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިންޑިއާ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ފެއްޓެވި މަސައްކަތުގެ ބައެކެވެ.

މި އާބަޖެޓާއެކު، އެއްގަމު ސިފައިންނަށް އާޓިލަރީ ރެޖިމެންޓުތަކަށް ބޭނުންވާ ލޮއިޓަރިންގ މުނިޝަންސް، ލުއި ރާޑަރުތައް، ޕިނާކާ ސިސްޓަމަށް ބޭނުންވާ ދުރު ރާސްތާގެ ގައިޑަޑް ރޮކެޓް، އަދި ޑްރޯން ދެނެގަނެ ހުއްޓުވާ "އިންޓެގްރޭޓެޑް ޑްރޯން ޑިޓެކްޝަން އެންޑް އިންޓަޑިކްޝަން ސިސްޓަމް ގަތުމަށް ވަނީ ނިންމާފައެވެ.

އަދި އިންޑިއާ ކަނޑުގެ ސިފައިންނަށް ބޭނުންވާ ހައި ފްރީކުއެންސީ ސޮފްޓްވެއަރ ޑިފައިންޑް ރޭޑިއޯ، މޭންޕެކް ސިސްޓަމްތައް ގަތުމަށާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޖާސޫސީ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ހޭލް މަރުކާގެ ޑްރޯންތައް ކުއްޔަށް ހިފުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ އިތުރުން ވައިގެ ސިފައިންނަށް ބޭނުންވާ އޮޓޮމެޓިކް ޓޭކް-އޮފް އެންޑް ލޭންޑިންގ ރެކޯޑިންގ ސިސްޓަމަކާއި، އަސްޓްރާ މިސައިލާއި، ފުލް މިޝަން ސިމިއުލޭޓަރުތަކުގެ އިތުރުން ދުރު ރާސްތާގެ ގައިޑެންސް ކިޓްތައް ހޯދުމަށް ވަނީ ނިންމާފައެވެ.

ދިފާއީ ވުޒާރާއިން ބުނީ އޮޓޮމެޓިކް ޓޭކް-އޮފް އެންޑް ލޭންޑިންގ ރެކޯޑިންގ ސިސްޓަމްގެ ސަބަބުން ކޮންމެ ފަދަ މޫސުމެއްގައިވެސް މަތިންދާބޯޓުތައް ފުރުމާއި ޖެއްސުމުގެ މައުލޫމާތާއި ގާބިލްކަން ލިބި ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.