މުމްބާއީގެ ޕޯޓެއް... ފޮޓޯ: ކާގޯ ލައިން
ވިޔަފާރި
01 Jan 2026 | 18:38
ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ މަޤާމު އިންޑިއާއިން ހޯދައިފި


އިންޑިއާ ސަރުކާރުގެ އަހަރީ އިޤްތިޞާދީ ރިވިއުއިން ދައްކާގޮތުގައި، ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ މިހާރު ވަނީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެފައެވެ. އަދި މިހާރު ކުރިއަރަމުންދާ ރޭޓަށް ބަލާއިރު، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ޖަރުމަނުވިލާތް ފަހަތަށް ޖައްސާލައި، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ މަޤާމު އިންޑިއާއަށް ލިބޭނެ ކަމަށް އެ ރިވިއުގައި ލަފާކޮށްފައިވެއެވެ.

އެ ރިވިއުގައި ބުނެފައިވާ ގޮތުގައި، އިންޑިއާގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިހާރު ވަނީ 4.18 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު މިއަދަދު 7.3 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ބަދަލާއެކު، އިޤްތިޞާދީ ގޮތުން އިންޑިއާގެ ކުރީގައި ދެން އޮންނާނީ ހަމައެކަނި އެމެރިކާއާއި ޗައިނާއެވެ.

2025-26 ވަނަ މާލީ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑިއާގެ ރިއަލް ޖީ.ޑީ.ޕީ ވަނީ 8.2 އިންސައްތައަށް ކުރިއަރާފައެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ހުރި 7.8 އިންސައްތައަށްވުރެ މަތީ އަދަދެކެވެ. މިއީ ފާއިތުވި ހަ ކުއާޓަރުގެ ތެރޭގައި އިޤްތިޞާދު އެންމެ ބާރަށް ކުރިއެރުނު ފަހަރެވެ.

މީގެ އިތުރުން، އިންޑިއާގެ އެކްސްޕޯޓްވެސް ވަނީ އިތުރުވެފައެވެ. އިންޖިނިއަރިންގ ސާމާނާއި، އިލެކްޓްރޯނިކްސް، ބޭސްވެރިކަމުގެ އުފެއްދުންތަކާއި، ޕެޓްރޯލިއަމްގެ ބާވަތްތަކުގެ އެހީގައި، ނޮވެމްބަރު މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 38.13 ބިލިއަން ޑޮލަރަށް އަރާފައެވެ.

މިކަމުގެ ރަސްމީ ކަށަވަރުކުރުމެއް ލިބޭނީ 2026 ވަނަ އަހަރު ޖީ.ޑީ.ޕީގެ ފައިނަލް ތަފާސްހިސާބުތައް އާންމުކުރުމުންނެވެ. ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ވެސް ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އިންޑިއާއިން ޖަޕާން ފަހަތަށް ޖައްސާލާނެއެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ 2025-26 ވަނަ މާލީ އަހަރުގެ އިޤްތިޞާދީ ކުރިއެރުން ހުންނާނެ ކަމަށް ކުރިން ލަފާކުރި މިންވަރު 7.3 އިންސައްތައަށް މަތިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.