އިންޑިއާގެ އައިޓީހަބް ބެންގަލޫރު... ފޮޓޯ: ވޮއިސް
ދުނިޔެ
05 Jan 2026 | 19:01
ސެމީކޮންޑަކްޓަރ އުފެއްދުމުގެ އެންމެ ކުރިއަށް އިންޑިއާ އަންނަނީ

އިންޑިއާގައި ހުރި ހުނަރުވެރި މަސައްކަތްތެރިންނާއި، ފުޅާވަމުން އަންނަ ސިނާއީ ނިޒާމުގެ އެހީގައި 2032 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި ސެމީކޮންޑަކްޓަރ އުފައްދާ އެންމެ ބޮޑު ހަތަރު ޤައުމުގެ ތެރޭގައި އިންޑިއާ ހިމެނޭނެ ކަމަށް އެ ޤައުމުގެ އިލެކްޓްރޯނިކްސް އެންޑް އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނޯ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ވާހަކަދައްކަވަމުން މިނިސްޓަރ އަޝްވިނީ ވިދާޅުވީ އިންޑިއާގެ އަމާޒަކީ 2035 ވަނަ އަހަރާ ހަމައަށް ސެމީކޮންޑަކްޓަރ އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ޤައުމަށް ވުން ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އިލެކްޓްރޯނިކްސް ކޮމްޕޯނަންޓް މެނުފެކްޗަރިންގ ސްކީމްގެ ދަށުން 41,863 ކްރޯޑް ރުޕީސްގެ 22 މަޝްރޫއެއް ފާސްކޮށްފައިވާކަން އިޢުލާން ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ހަތަރު ކުންފުންޏަކުން ވިޔަފާރީގެ އުސޫލުން ޗިޕް އުފައްދަން ފަށާނެ ކަމަށެވެ. މި އުފެއްދުންތަކަށް އޮޓޯމޮބައިލް އަދި ޓެލެކޮމް ދާއިރާގެ ބޮޑެތި ކުންފުނިތަކުން ދަނީ އިންތިޒާރު ކުރަމުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ސަރުކާރުން ވަނީ 1.6 ލައްކަ ކްރޯޑް ރުޕީސްގެ އިންވެސްޓްމަންޓާއެކު އުފެއްދުންތެރިކަމުގެ 10 ޔުނިޓާއި، 2 ފެބްރިކޭޝަން ޕްލާންޓާއި، 8 އެސެމްބްލީ ޔުނިޓެއް ފާސްކޮށްފައެވެ. މީގެ ތެރެއިން މިދިޔަ އަހަރު މަސައްކަތް ފެށި 'ކޭންސް' އަދި 'ސީޖީ ސެމީ' ގެ ޕްލާންޓްތަކަކީ އެންމެ ފުރަތަމަ ވިޔަފާރީގެ އުސޫލުން އުފެއްދުންތައް ނެރޭނެ ތަންތަނެވެ. މީގެ އިތުރުން އިންޑިއާގެ ޗިޕް ޑިޒައިން ކުރުމުގެ ގާބިލްކަން ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިނިސްޓަރު އަޝްވިނީ ފާހަގަކުރެއްވި ގޮތުގައި، މި ކުރިއެރުމުގެ އަސްލަކީ އިންޑިއާގެ ޒުވާނުންގެ ހުނަރެވެ. މިހާރުވެސް އިންޑިއާގެ 298 ޔުނިވަރސިޓީއެއްގައި ޗިޕް ޑިޒައިން ކުރަން ދަސްކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހުނަރުވެރިކަމާއި، ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުނިޔޭގެ ސެމީކޮންޑަކްޓަރ ސިނާއަތުގައި އިންޑިއާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.