މިނިސްޓަރު ޚަލީލް އަަދި މަސްއޫދު
ހަބަރު
12 Jan 2026 | 20:49
މަސްއޫދުގެ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓަރު ޚަލީލްއާ ސުވާލު ކުރަނީ

ސްރީލަންކާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެ، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަަތަކާއި ގުޅިގެން ފޮރިން މިނިސްޓަރު ޑރ. ޚަލީލްއާ ސުވާލު ކުރަން ހުށައަޅައިފި އެވެ. 

މިނިސްޓަރު ޚަލީލްއާ ސުވާލުކުރަން ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

އޭނާ ހުށަހެޅުއްވި ސުވާލެއްގައި ވަނީ ލަންކާގެ ޑެއިލީ ނިއުސް އަށް ސަފީރު މަސްއޫދު ދެއްވި އިންޓަވިއުއެއްގައި، ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފި ނަމަ، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމަށް އިންޒާރު ދެއްވާފައިވާ ކަމަށެވެ.

މީކާއިލް ވަނީ ޑިޕްލޮމެސީ އާއި ބައިލެޓެރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާފާޅުގައި އަވަށްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްފަ އެވެ.

މަސްއޫދު ދެއްކެވި ވާހަކަތައް

ސްރީލަންކާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެ، އިމާދު ވަނީ ލަންކާގެ ކަމާގުޅޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަފީރު މަސްއޫދު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ވިސާ ހޯދުމަށްޓަކައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އިމިގްރޭޝަން އޮފީހުގެ ދިގު ކިއުތަކުގައި މަޑުކުރަން ޖެހެ އެވެ.

އަދި އެހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށް ހުންނަފަސޭހަތައް ދިވެހިންނަށް ނުލިބޭކަންފާހަގަކުރެއްވިއެވެ. 

ސަފީރު ވިދާޅުވީ، ހަމުގެ ކުލަ އަލި މީހުންނަށް އެކަނި އިސްކަންދީ، އެ މީހުންނަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި އިމިގްރޭޝަން އޮފިޝަލުން ދެކޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. 

އަދި ވަކިން ހުށަހަޅާ ވިސާ އެޕްލިކޭޝަންތަކަށް ގިނަ ވަގުތު ހޭދަވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން ސަފީރު ފާހަގަކުރެއްވިއެވެ. މިއީ އިމިގްރޭޝަންގެ ތެރޭގައި ހިނގާ މާލީ މަންފާތަކަކާ ގުޅުންހުރި ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ބެލެނިވެރިން ވިސާ ހޯދުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަސްއޫދު ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ، ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ރާއްޖެއިން ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމުގެ އިންޒާރުވެސް ސަފީރު ދެއްވި އެވެ.

ކޮމެންޓް
އަހުމަދު
ދިވެހިން ނަށް ލަންކާ އިން އުނދަގޫ ކުރޭ މިހަގީގަތް
12 Jan 2026
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ