އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ އޮމާނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.. ފޮޓޯ: މޮދީ އެކްސް
ދުނިޔެ
15 Jan 2026 | 18:42
އިންޑިއާއިން އަރަބި ޤައުމުތަކާއެކު ބައްދަލުވުމެއް ބާއްވަނީ

މި މަހުގެ ފަހުކޮޅު އަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ސަމިޓެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް އެގައުމުން މަސައްކަތްކުރަމުން އަންނަކަމަށް އިންޑިއާގެ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

މި މަހުގެ 30 އާއި 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި ގާތްގަނޑަކަށް 20 ގައުމެއްގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިސްރު، ޔޫއޭއީ، އަލްޖަޒާއިރު، އުރުދުން އަދި މޮރޮކޯ ފަދަ މުހިންމު ގައުމުތައް ހިމެނޭކަމަށް "ދަ ޕްރިންޓް" ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. އައު ސަރުކާރާއެކު ސޫރިޔާއިން ވެސް މި ސަމިޓުގައި ބައިވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އިންޑިއާއާއި ސޫރިޔާގެ ވަޒީރުންގެ ފެންވަރުގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމަށް ވެގެންދާނެއެވެ.

އިންޑިއާއިން އިސް ނަގައިގެން މި ބައްދަލުވުން ބާއްވަނީ އަރަބި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. ބޮޑުވަޒީރު މޯދީ ވަނީ ފާއިތުވި އަހަރުތަކުގައި އަރަބި ގައުމުތަކަށް ގިނަ ދަތުރުފުޅުތަކެއްވެސް ކުރައްވާފައެވެ. އެންމެ ފަހުން ޑިސެމްބަރު 2025 ގައި އުރުދުންއާއި އޮމާނަށް ދަތުރުފުޅު ކުރެއްވިއިރު، ސައުދީ އަރަބިއްޔާ، ކުވެއިތު، ޔޫއޭއީ އަދި ގަތަރަށް ވެސް މޯދީ ވަނީ ޒިޔާރަތްކުރައްވާފައެވެ.

އިންޑިއާއިން ވަނީ ޔޫއޭއީ އަދި އޮމާނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި ގަލްފުގެ ގައުމުތަކާއެކު ވެސް މިފަދަ އެއްބަސްވުމަކަށް ދަނީ މަޝްވަރާ ކުރަމުންނެވެ. އަރަބި ގައުމުތަކުގައި އިންޑިއާގެ ގާތްގަނޑަކަށް 9 މިލިއަން ރައްޔިތުން ދިރިއުޅެމުންދެއެވެ.

އިންޑިއާގައި އަރަބި ޤައުމުތަކާއެކު ސަމިޓު ބާއްވަނީ ޗައިނާއިން ވެސް އަރަބި ގައުމުތަކާއެކު ދެވަނަ ސަމިޓެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ވެސް ދަނީ އެ ސަރަހައްދުގައި އިންވެސްޓްމަންޓްތައް އިތުރުކޮށް، އަސްކަރީ މަރުކަޒުތައް ގާއިމުކުރަމުންނެވެ.

މި މަހު ބާއްވާ ސަމިޓުގެ އެޖެންޑާގައި ހުޅަނގު އޭޝިއާގެ މަސްރަހާއި، އިގްތިސާދީ ގުޅުންތަކާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން އަރަބި ގައުމުތަކުގައި އުޅޭ އިންޑިއާ ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބާވީސް މެންބަރު ގައުމު ހިމެނޭ އަރަބި ލީގަކީ ހުޅަނގު އޭޝިއާއާއި އުތުރު އެފްރިކާ އަދި ގަލްފުގެ ގައުމުތައް ހިމެނޭ ސަރަހައްދީ ޖަމިއްޔާއެކެވެ. 1945 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާގެ މައި މަރުކަޒު ހުންނަނީ މިސްރުގެ ވެރިރަށް ގާހިރާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.